ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަތުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތަނަށް ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއްކަމަށެވެ. އަދި އެ ޤައުމަށް ވަޑައިގަތުމަށް ވިދާޅުވި ހޫނު މަރުހަބަށް ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
I am honoured to arrive in Islamabad for my first State Visit to the Islamic Republic of Pakistan, accompanied by my wife and delegation.
— Dr Mohamed Muizzu (@MMuizzu) October 20, 2026
I extend my sincere appreciation to the Government and the brotherly people of Pakistan for the exceptional warmth and distinguished ceremonial welcome accorded to us.
I look forward to fruitful engagements that will further deepen our bilateral relations, strengthen our partnership, and advance the shared aspirations of our two nations.
@CMShehbaz
ރައީސް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ މުހިއްމު ބައްދަލުވުންތަކާއި މަޝްވަރާތައް މި ދަތުރުގެ ތެރެއިން ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުންދިނުމަށް ފަހުމުނާމާތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެެ.