ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކަށް އިސްލާމީ މަރުކަޒުގައި މާދަމާ ހުކުރު ޚުތުބާ ވިދާޅުވުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދެއްވައިފިއެވެ.
އެމިނިސްޓްރީން ވިދާޅުވީ މުފްތީ މެންކަށް އިސްލާމީ މަރުކަޒުގައި ޚުތުބާ ވިދާޅުވުމުގެ ހުއްދަ ދެއްވީ އާންމުންގެ ގިނަބައެއްގެ އެދުމުގެ މަތިންކަމަށެވެ.
އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ވިދާޅުވުމުގެ ހުއްދައަށް ކުރިން އެދުމުން އިސްލާމިކް މިނިސްޓްރީން ވަނީ މުފްތީ މެންކަށް ހުއްދަ ދެވެން ނެތްކަމަށް ވިދާޅުވެފައެވެ. އެގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމެވީ އިސްލާމީ މަރުކަޒުގައި ދެވޭ ޚުޠުބާއަކީ، ދިވެހި ބަހުން ގެނެސްދޭންޖެހޭ ޚުތުބާއެއްގެ ގޮތުގައި މިނިސްޓްރީން މިދިޔަ އަހަރު ނިންމާފައިވާތީކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.