ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސަކަށް، ބައްސާމް އަދީލް ޖަލީލް އިންތިޚާބުކޮށްފި އެވެ.
ބައްސާމަކީ މިހާތަނަށް އެ އިދާރާގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމާއެކު ވާދަކުރެއްވީ އެފްއޭއެމްގެ ރައީސްގެ ގޮތުގައި އެންމެ ފަހުން ހުންނެވި އަހްމަދު ޠާރިގު (ޓޮމް) އެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރެވެ.
މިއަދު ކުރިއަށްދިޔަ އިންތިޚާބު ބައްސާމް މިޔާބު ކުރީ 14 ވޯޓުންނެވެ. ޓޮމްއަށް ލިބުނީ 11 ވޯޓެވެ.
އެފްއޭގެ ރައީސް ކަމަށް ބައްސާމް އިންތިޚާބްކުރުމާ ގުޅިގެން ބައްސާމް ވިދާޅުވީ ފުޓްބޯޅަ ތަރައްޤީކޮށް ކުރިއެރުވުމަށް ބައްސާމްގެ ޓީމުން ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ފުރަތަމަ ޑިވިޝަންގެ ކޮންމެ ޓީމަކަށް 3 މިލިއަން ރުފިޔާ، ދެވަނަ ޑިވިޝަންގެ ކޮންމެ ޓީމަކަށް 5 ލައްކަ ރުފިޔާ އަދި ތިންވަނަ ޑިވިޝަންގެ ގަދަ 5 ޓީމަށް، ކޮންމެ ޓީމަކަށް އެއްލައްކަ ރުފިޔާ ދޭނެކަމަށް ބައްސާމް ވިދާޅުވިއެވެ. ހަމަ އެހެންމެ އަތޮޅުތަކުގައި ފުޓްބޯޅަ ތަރައްޤީ ކުރުމުގެ ގޮތުން ޖުމްލަ 15 މިލިއަން ރުފިޔާ ޚަރަދު ކުރައްވާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
އެފްއޭއެމްގެ އާ އެގްޒެކެޓިވް ކޮމިޓީ
ރައީސް:
ބައްސާމް އަދީލް ޖަލީލް
ސީނިއާ ނައިބް ރައީސް:
ހުސެއިން މުހައްމަދު ލަތީފް
ނައިބް ރައީސް:
އާއިޝަތު ނާޒިމާ
މެމްބަރުން:
އަބްދުﷲ އަޙުމަދު (އަބުޅޯ)
މުއާޒް މުހައްމަދު ރަޝީދު
މުހައްމަދު އަލީ
އަލީ ޝާހު
ހުސެއިން ޝަހުދީ
މުހައްމަދު ޝަހުދީ