ޚަބަރު

ހަބޭސް 3 ޖަލްސާ : ލައިވް ކަވަރޭޖް


23:52 - ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރަށް 3 އަަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި " ހަބޭސް 3 " ޖަލްސާ ނިމިއްޖެ. 

23:45 - ޖަލްސާގައި މިހާރު ކުރިއަށްދަނީ ޚާއްސަ ދުއާއެއް ކުރުން 

23:40 - ރައީސް ޔާމީން ނިންމަވާފައިވާ ގޮތަށް ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާނެ - ޑރ މުއިއްޒު 

23:37 - ރައްޔިތުން ތިބީ ރައީސް ޔާމީންގެ ތަރައްޤީއާއެކު ކުރިއަށްދާން - ޑރ މުއިއްޒު 

23:35 - ޖަލްސާގައި މިހާރު ވާހަކަފުޅުދައްކަވަމުން ދަނީ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު 

23:15 - މިއަދު ޤައުމަށް މިއަންނަ ތަރައްޤީގެ ބަދަލު މަންޒަރުންނާއި އަޑުން މިއަދު މިދަނީ ރައްޔިތުންނަށް ފެންނަމުން - އިކްރާމް 

23:14 - ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމާއި، ވަޒީފާއާއި، އެހެނިގެން ޚިދުމަތްތައްދެއްވަން ފެއްޓެވި ރައީސަކީ ރައީސް ޔާމީން.- އިކްރާމް 

img:http://s4.psmnews.mv/images/660x400/14803578072688.jpg|ޕީއެސްއެމްގެ ޑީއެމްޑީ ހަބޭސް 3 ޖަލްސާގައި ވާހަކަފުޅުދައްކަވަނީ  

23:11 - ޖަލްސާގައި މިހާރު ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް 

23:02 - ކަނޑުގެ ދޮރާށިން ރާއްޖެއަށް 2011 ވަނަ އަހަރު 53 ހާސް ކޮންޓޭނަރު ގެނައިއިރު، ރައީސް ޔާމީންގެ ސަރުކާރުގައިއެންމެ އަހަރަކުވެސް 81 ހާސް ކޮންޓޭނަރަށްވުރެ ގިނައިން އެތެރެކޮށްފައިވޭ- މިނިސްޓަރ ސަޢީދު  

22:58 - ސާފު ތަޞައްވުރެއް ނެތި އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ. ރައީސް ޔާމީންގެ ތަފާތަކީ އެފަދަ ފުރިހަމަ ތަޞައްވުރަކާއެކު ކާމިޔާބަށް ވާޞިލްވުމަށް މަސައްކަތްކުރެއްވުން.- މިނިސްޓަރ ސަޢީދު

img:http://s2.psmnews.mv/images/660x400/14803560780333.jpg|ހަބޭސް 3 ޖަލްސާގައި މިނިސްޓަރ ސަޢީދު ވާހަކަފުޅުދައްކަވަނީ

22:57 - އަޖައިބުކުރުވަނި އިޤްތިސާދީ ބޮޑެތި ނަފާ ރާއްޖެއިން ނެގިދާނެކަން ރައީސް ޔާމީންވަނީ ސާބިތުކޮށްދެއްވާފަ - މިނިސްޓަރ ސަޢީދު

22:55 - އެއްވެސް ޝައްކެތްނެތް ގޮތުގައި މިރެއަކީ ކޮންމެ ދިވެއްސެއްގެ ކާމިޔާބާ ގުޅިފައިވާ ރެއެއް. މިއަދުގެ ކާމިޔާބު ވަޒަންކޮށްލަން ބޭނުންނަމަ، އެންމެ ފަސޭހައިން އެންމެ އަވަހަށް ކޮށްލެވެން އޮތީ 2013 ވަނަ އަހަރުގެ ކުރިއަށް 17 ނޮވެމްބަރު 2013 އިގެ ކުރިއަށް ޖެހިލުން- މިނިސްޓަރ ސަޢީދު  

22:54 - ރައީސް ޔާމީންއަކީ ރައްޔިތުންގެ އަޑުއައްސަވާ ބޭފުޅެއް - މިނިސްޓަރ ސަޢީދު 

22:50 - ހުރިހާ ބޭފުޅުންނަށް ކަމުދާ މެނިފެސްޓޯއެއް އޮތީމަ ރައީސް ޔާމީން ދިވެހިރާއްޖޭގެ ވެރިކަމަށް އިންތިޚާބުވެވަޑައިގަތީ - މިނިސްޓަރ ސަޢީދު

22:48 - ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު

22:33 - ރާއްޖެއަށްވުރެ ބޮޑަށް ގިނަ ކަންކަމުން ޓެކްސް ނަގާ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށްވުރެ، ގިނަ ޚިދުމަތް އަގުހެޔޮކޮށް ރާއްޖޭގައި ރައްޔިތުންނަށްދެމުންދޭ - އަބްދުއްރަހީމް 

22:31 - ރައީސް ޔާމީންއާއެކު މަސައްކަތް ނުކުރެވޭ ބޭފުޅުން ރަނގަޅުވާނީ ގޭގައި މަޑުކުރަން - އަބްދުއްރަހީމް 

22:28 - ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް ރައީސް ޔާމީންއަށް ލިބިވަޑައިގަންނަވާނެ - އަބްދުއްރަހީމް 

22:26 - ރައީސް ޔާމީންގެ ކާމިޔާބު މަސައްކަތްޕުޅު ޕީޕީއެމްގެ މެމްބަރުން އުފަލާއެކު ބަލައިގަންނަން - އަބްދުއްރަހީމް 

22:23 - ޖަލްސާގައި މިހާރު ވާހަކަފުޅުދައްކަވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ

22:18 - ހަބޭސް 3 ޖަލްސާއަށް ތައްޔާރުކޮށްފައިވާ ޚާއްސަ ލަވަ ސީޑީއެއް ރައީސުލްޖުމްހުރިއްޔާ ނެރެދެއްވައިފި.  

22:08 - ސަރުކާރުގެ މަޝްރޫޢުތަކުގެ ސަބަބުން ސީދާ ރައްޔިތުންނަށް ފައިދާކުރާނެ، އެމަސައްކަތް ފުރިހަމަކުރުމުގެ ފުރުޞަތު ރައީސް ޔާމީންއަށް ދެއްވަންޖެހޭ- ޝަހީރު

22:00 - ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ ސަަބަބުން ޖީޑީޕީ އިތުރުވުމަށް މަގުފަހިވެގެންދާނެ- ޝަހީރު 

img:http://s1.psmnews.mv/images/660x400/14803528180907.jpg|އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

21:59 - ރައީސް ޔާމީންގެ ވެރިކަމުގައި ފެންނަނީ ޤައުމު ތަރައްޤީވަމުންދާތަން - ޝަހީރު 

21:56 - ޖަލްސާގައި މިހާރު ވާހަކަފުޅުދައްކަވަމުން ދަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރު. 

21:42 - ޒުވާނުންނަކީ ހަރުދަނާބަޔަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ކާމިޔާބު. ޒުވާނުންގެ އަޚްލާޤު ރަނގަޅުވަމުންދާ މަންޒަރުދަނީ ފެންނަމުން. ހަބޭސް 3 އަހަރުގެ ކާމިޔާބު ޒުވާނުން ބަލައިގަންނަނީ މަގުމަތީގެ އަމާންކަމާއި، ސުލްޙަވެރިކަން ޔަޤީންވެފައިވާތީ. ރައީސް ޔާމީންގެ ސަރުކާރަކީ ރައްޔިތުންގެ ވޭނާއި އުދާސްތަކަށް ފިނިކަމެއް ގެނެސްދެއްވި ސަރުކާރު - މިނިސްޓަރ އިރުތިޝާމް 

img:http://s4.psmnews.mv/images/660x400/14803512107843.jpg|ޔޫތް މިނިސްޓަރ ހަބޭސް 3 ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

21:38 - މިއަދު މިޤައުމުގެ ރައްޔިތުންގެ އުންމީދުތައް ހަޤީގަތަކަށް ހައްދަވައި، އިޤްތިސާތު ރަނގަޅުކުރައްވައި، އިޖުތިމާޢީ ފޭރާން ރަނގަޅުކުރެއްވީތީ ރައީސް ޔާމީނަށް ޝުކުރުދައްނަވަން. މިސަރުކާރުގެ ވޭތުވެދިޔަ 3 އަހަރަކީ ޒުވާނުންގެ ހަބޭސް 3 އަހަރު. - މިނިސްޓަރ އިރުތިޝާމް އާދަމް

21:37 - ރައީސް ޔާމީންއަކީ ދިވެހި ޒުވާނުން ބަލައިގަންނަ ލީޑަރެއް - މިނިސްޓަރ އިރުތިޝާމް 

21:35 - ޖަލްސާގައި މިހާރު ވާހަކަފުޅުދައްކަވަމުންދަނީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް. 

21:18 - ޓޫރިޒަމް ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ 50 ރިސޯޓުގެ ތެރެއިން 22 ރިސޯޓު މިއަހަރު ހުޅުވަން ވަނީ ތައްޔާރުވެފައި.މިރީޖަންގައި އެންމެ ރަނގަޅު އިންވެސްޓްމަންޓް ޕްލޭނެއް އޮތީ ރާއްޖޭގައި- ޒަމީރު

img:http://s3.psmnews.mv/images/660x400/14803501692511.jpg|ހަބޭސް 3 ޖަލްސާގައި މިނިސްޓަރ ޒަމީރު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

21:17 - ހުޅުމާލެ ޔޫތްސިޓީއަކީ ފަޚުރުކަމާއެކު އަޅުގަނޑުމެން ބަލައިގަންނަ މަޝްރޫޢެއް. ޔޫތް ސިޓީގެ މަސައްކަތްދަނީ ބާރަށް. މިދިޔަ 3 އަހަރުދުވަހުގެ ތެރޭގައި މުޅިރާއްޖޭގައިވަނީ ތަރައްޤީގެ މުހިންމު ގިނަ ޚިދުމަތްތަކެއް ގެނެސްފައި. ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ޤާނޫނީ އޮނިގަނޑަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފަ. އޭގެސަބަބުން ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރުވަނީ ލިބިފައި - ޒަމީރު 

21:13 - ދެން އަންނަ ސަރުކާރަކުން އަޅާކިޔަން ޖެހޭފަދަ ތަރައްޤީއެއް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ގެނެސްދެއްވާފައި- ޒަމީރު

21:10 - ޖަލްސާގައި ފުރަތަމަ ވާހަކަފުޅުދައްކަވަމުން ގެންދަވަނީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު.

21:00 - ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރަށް 3 އަަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ " ހަބޭސް 3 " ޖަލްސާ ފެށިގެން ކުރިއަށް އެބަދެއެެވެ.