ވިޔަފާރި

ކޮންމެ ހަފްތާއަކު ދުބާއީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި


އަލަށް ޕޯސްޓްޕެއިޑް ޕްލޭނެއް ނަގާ ކަސްޓަމަރުންގެ ތެރެއިން ގުރުޢަތުން ހޮވޭ ފަރާތަކަށް ދުބާއީގައި ފަސްދުވަހުގެ ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ދޭނެކަން ދިރާގުން އިޢުލާންކޮށްފިއެވެ. 

މި އިނާމުގައި ހިމެނެނީ ދެކޮޅު ޓިކެޓާއި ފަސްދުވަހުގެ ހުރުމުގެ ޚަރަދާއި ފަސްސަތޭކަ ޑޮލަރުގެ ޓްރެވަލް އެލަވަންސެއް ކަމަށް ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލް ވިދާޅުވިއެވެ.

އަންނަ ޖަނަވަރީމަހުގެ ސާދަވަނަ ދުވަހުގެ ނިޔަލަށް އޮންނަ މި ފުރުޞަތުގައި ދިރާގުގެ ޕޯސްޓްޕެއިޑް ކަނެކްޝަން ނަގާ ފަރާތްތަތަކަށް ވަންޖީބީގެ މޯބައިލް ޑޭޓާ ހިލޭ ލިބޭނެއެވެ. އަދި ތިން މަސްދުވަހުގެ ޕޯސްޓްޕެއިޑް މަހުފީން ފަންސަވީސް އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެކަމަށްވެސް ދިރާގުން ބުނެއެވެ. މި މުއްދަތުގައި ޕޯސްޓްޕެއިޑް ނަގާ މީހުންގެ ތެރެއިން ހަފްތާއަކު ނަސީބުވެރިޔަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.