އައިބީއެންއެސް ގެ ބޭންކް ނޫޓް އޮފް ދި އިޔަރ 2016، ނުވަތަ ދުނިޔޭގެ އެކި ޤައުމުތަކުގައި ބޭނުންކުރާ ބޭންކް ނޫޓް ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ނޫޓަކަށް ދިވެހި ރާއްޖޭގެ 1000 ރުފިޔާގެ ނޫޓް ނޮމިނޭޓް ވެއްޖެއެވެ.
އިންޓަރނޭޝަނަލް ބޭންކް ނޫޓް ސޮސައިޓީން، އައިބީއެންއެސް އިން ބާއްވާ ބޭންކް ނޫޓް އޮފް ދި އިޔަރގެ މިއަހަރުގެ އެވޯޑަށް ނޮމިނޭޓް ވެފައިވާ މި ނޫޓަކީ ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރި ރަންދިހަ ފަހެއް ނޫޓް ސީރީސްގައި ހިމެނޭ އެންމެ މަތީ އަދަދުގެ ނޫޓެވެ. މި ނޫޓަކީ ސަލާމަތީ ގިނަ ފިޔަވަޅު ތަކަކާއިއެކު ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ޕޮލިމަރ ނޫޓެކެވެ.
އައިބީއެންއެސް އަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ފައިސާއާއި މާލީ ކަންކަމާގުޅޭ ތަޢުލީމާއި ފަންނީ ކަންކަން ކުރިއެރުވުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.