ޚަބަރު

މާލޭގައިހުރި ގުދަންތަކުގެ ސަލާމަތީ ކަންކަން ބަލަން ފަށައިފި


މާލޭގައި ހުރި ގުދަންތައް ބައްލަވައި ފާސްކުރެއްވުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފުން މިއަދު ފަށްޓަވައިފިއެވެ.

މިއަދުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަށް ހިންގަވާ މި ޕްރޮގްރާމުގައި ގުދަންތަކުގައި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބައްލަވައި، އެތަކެތި ހުރި ހާލަތަކާ ގުޅޭ މަޢުލޫމާތު ހޯއްދަވާނެ ކަމަށް އެމްއެމްޑީއެފުން ވިދާޅުވެއެވެ. އަދި މީގެ އިތުރުން މާލޭގައި ހުރި ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނުގެ ބަދިގެއާއި ވޯކްޝޮޕް ފަދަ ތަންތަނުގެ ސަލާމަތީ ކަންކަންވެސް ބައްލަވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވޭ.