ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ފުރާވަޑައިގެންފިއެވެ.
އިއްޔެގެ ވަގުތެއްގައި ކޮމިޝަނަރ ޖަޕާނަށް ފުރާވަޑައިގެންފައިވަނީ ޖަޕާންގެ ނޭޝަނަލް ޕޮލިސް އެޖެންސީގެ ރަސްމީ ދަޢުވަތަކަށްކަމަށް ފުލުހުންގެ އިދާރާއިން މަޢުލޫމާތުދެއްވައެވެ. މި ދަތުރުފުޅުގައި ފުލުހުންގެ ދައިރާއިން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވެންހުރިކަންކަމާމެދު ކޮމިޝަނަރ މަޝްވަރާކުރައްވާނެ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރައްވައެވެ.
މީގެއިތުރުން ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ފުޅާކުރުމާގުޅޭގޮތުންނާއި ދިވެހި ފުލުހުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކާގުޅޭގޮތުން ޖަޕާނު ފުލުހުންގެ އިސްވެރިންނާއެކު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުންގެ އިދާރާއިން ހާމަކުރައްވައެވެ.