ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ ދޫނިދޫގައި މިއަދު ނައްތާލި މަސްތުވާތަކެއްޗަކީ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ހިންގި ތަފާތު އެކި އޮޕަރޭޝަންތަކުގައާއި އެކި މައްސަލަތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތިކަމަށެވެ.
img:http://s4.psmnews.mv/images/660x400/14887163775434.jpg|ފުލުހުން ނައްތާލި މަސްތުވާތަކެތި / ފޮޓޯ: ޕޮލިސް
ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ނައްތާލާފައިވަނީ އެކަމަށްޓަކައި އުފައްދާފައިވާ ޚާއްޞަ ކޮމިޓީގެ ހާޟިރުގައިިކަމަށެވެ. އެގޮތުން ނައްތާލި މަސްތުވާތަކެއްޗަކީ 2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ދެމެދު ފުލުހުން ތަހުޤީޤްކޮށްފައިވާ އެކިއެކި މައްސަލަތަކުގައި ހިމެނޭ 20.68 ކިލޯގްރާމް ހެރޮއިނާއި 1.25 ކިލޯ ގްރާމް ކެނަބިސްކަމަށް ފުލުހުން ވިދާޅުވެއެވެ.
މަސްތުވާތަކެތީގެ އިތުރުން، މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ރަބަރު ޕެކެޓާއި ސެލޯފިންކޮޅުތަކާއި މައްސަލަތަކުގައި ހެއްކާއި ޤަރީނާގެ ގޮތުގައި ބޭނުންކޮށްފައި ހުރި ތަފާތު އެހެނިހެން ބައެއް ތަކެތިވެސް ނައްތާލިކަމަށް ފުލުހުން ވިދާޅުވެއެވެ.