ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަށް ދަތިނުކުރުމަށް މަސީން ގޮވާލައިފި


ދިވެހިރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ދަތިވާނެގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ގޮވާލައިފިއެވެ.

މަސީގެ ބަޔާނުގައި، މިދުވަސްވަރަކީ ދިވެހި ސަރުކާރުގެ ފަރާތުންނާއި ރާއްޖޭގައި ރަޖިސްޓްރީވެފައިވާ އަމިއްލަ ފަރާތްތަކުން ތަރައްޤީގެ ކުދި އަދި ބޮޑެތި ވަރަށް ގިނަގުނަ މަޝްރޫޢުތަކެއް މުޅިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުން ގެންދާ ދުވަސްވަރެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ޤައުމެއްގައި އިންވެސްޓްކުރުމަށް އިންވެސްޓަރުންގެ އިތުބާރު ހޯދޭނީ ވަރަށްގިނަ ބަޔެއްގެ ވަރަށް ގިނަގުނަ މަސައްކަތުންކަން މަސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގާނަމަ އެކަމެއް ހުއްޓާލުމަށްވެސް މަސީގެ ބަޔާނުގައި ގޮވާލާފައިވެއެވެ.