ޚަބަރު

ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރަން ފަށްޓަވައިފި


ލޯކަލް ކައުންސިލް އިންތިޙާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބު ކުރަން ފަށްޓަވައިފިއެވެ.

ނަންތަރުތީބު ކުރުމަށްޓަކައި ގުރުއަތު ނެގުން ފަށްޓަވާފައިވަނީ މިއަދު 10 ޖެހިއިރުކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. މާލޭސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބު ކުރުން ކުރިޔަށްގެންދަވާނީ އިލެކްޝަން ކޮމިޝަންގެ އިދާރާގައެވެ. އަދި އަތޮޅު ސިޓީއާއި އެހެނިހެން ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުމާއި ނަން ތަރުތީބު ކުރުން ކުރިޔަށްގެންދަވާނީ އެ ކެނޑިޑޭޓަކު ކުރިމަތި ލާފައިވާ ދާއިރާއެއްގެ ކައުންސިލް އިދާރާގައިކަމަށް އިލެކްޝަން ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.

ލޯކަލް ކައުންސިލް އިދާރާގެ އިންތިޙާބު ބޭއްވެވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.