ސިޔާސީ

ހަތަރު ސަތޭކައަށްވުރެ ގިނަ މީހުން އަލަށް ޕީޕީއެމްއާ ގުޅިއްޖެ


ވެރިކަންކުރާ ޕާޓީ، ޕީޕީއެމްއާ އަލަށް ގުޅުނު 400 އަށްވުރެ ގިނަ މެންބަރުންގެ ފޯމް އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމްގެ މުސްތަޝާރު ރައީސުލްޖުމްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވާފައިވަނީ ވ. ފުލިދޫއިން ޕީޕީއެމާ އަލަށް ގުޅުނު 402 މެންބަނުންގެ ފޯމެވެ. މި ފޯމްތައް ރައީސަށް އަރުވާފައިވަނީ އެދާއިރާގެ ކައުންސިލަރުންނާއި، ސިޔާސީ ހަރަކާތްތެރީންނެވެ.

މީގެ ތެރޭގައި ހިމެނެނީ ވ. ފުލިދޫއިން އަލަށް ގުޅުނު 269 މެންބަރުންގެ ފޯމާއި، ފުލިދޫ ބޫސްޓަރ ކްލަބްގެ ފަރާތުން ހުށައެޅި 133 މެންބަރުންގެ ފޯމެވެ.

މި ޖަލްސާފައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ފުލިދޫރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ޙައްލުކޮށްދެއްވުމަށްޓަކައި އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރެވޭނެކަމަށެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބުރައީސް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޕީޕީއެމާއި ސަރުކާރާ މެދު ޤާއިމުވެފައިވަނީ ނުގުޑާފަދަ ބަދަހި ގުޅުމެއްކަމަށާއި، ޕީޕީއެމްގެ ސަރުކާރަށް ބަލިކަށިކަމެއް އައިސްދާނެކަމެއް ޕާލިމެންޓްރީ ގްރޫޕުން ނުކުރައްވާނެކަމަށެވެ. ތަރައްޤީއަށް ހުރަސްއަޅައި، ރައްޔިތުންނަށް އޮޅުވާލުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ވިޔަ ނުދެއްވާނެކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބު ކުރައްވާނީ ޕީޕީއެމުންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަދައްކަމަވުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރެއްވުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް އެއްވެސް މެންބަރަކު ވޯޓް ނުދެއްވާނެކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ވިޔަ ނުދެއްވާނެކަމަށް އިލްޙާމް ވިދާޅުވިއެވެ.

ޕީޕީއެމުން ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ކުރިން އެޕާޓީގެ މެންބަރުންގެ ޢަދަދު އެއްލައްލަ ފަންސާސްހާހަށް އެރުވުމަށް އަމާޒު ހިފާފައެވެ.