ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވާލިނީ ހައްޔަރުކޮށްފިއެވެ.
ރަޝިޔާގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފައިވަނީ، ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭވްއާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ. އިދިކޮޅު ލީޑަރުގެ އިތުރުންވެސް މުޒާހަރާގެ އިތުރުން ބައިވެރިން ފުލުހުން ހައްޔަރުކުރިކަމަށާއި އެމީހުން ގޮވާލަމުންދިޔައީ ބޮޑުވަޒީރުގެ އިސްތިއުފާއަށްކަމަށް ޚަބަރުތައް ބުނެއެވެ.
ރަޝިޔާ ސަރުކާރުން ބުނީ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތަކަކީ ހުއްދަ ނުހޯދައި ބާއްވާ ޣައިރު ޤާނޫނީ އެއްވުންތަކެއްކަމަށެވެ. އަދި ބޮޑުވަޒީރާމެދު ކުރާ ތުހުމަތުތަކަކީ އަސްލެއް ނެތް ތުހުމަތުތަކެއްކަމަށް ސަރުކާރުން ބުނެއެވެ.
އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ އެއްވުންތަކަކީ މީގެ ފަސް ވަރަކަށް އަހަރުކުރިން ރަޝިޔާގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކަށްފަހު މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުންތަކެވެ. އަނެއްކޮޅުން މުޒާހަރާތައް ބާއްވަން ފަށާފައިވަނީ ރަޝިޔާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށެވެ.
މިއިންތިޚާބުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނޭކަމަށް ބެލެވެއެވެ. ފުލުހުން ހައްޔަރުކުރި އެލެކްސޭ ނަވާލިނީ އަކީ މިއިންތިޚާބުގައި ކިރިޔާވެސް ޕުޓިންއާ ވާދަކޮށްލެވޭނޭކަމަށް ބެލެވޭ ކެނޑިޑޭޓުކަމަށް މަސްޜަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.