އިންޑިއާގެ ޕަންޖާބު ސްޓޭޓްގައި ތަޢުލީމް ހާސިލް ކުރަމުންދިޔަ ދިވެހި ކިޔަވާ ކުއްޖަކު މަރުވެފައި އޮށްވާ ފެނިއްޖެއެވެ.
ސުޕްރިޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ޕީއެސްއެމްއަށް މިއަދު ވިދާޅުވީ އިންޑިއާގެ ޕަންޖާބު ސްޓޭޓްގައި ހުންނަ ލަވްލީ ޕްރޮފެޝަނަލް ޔުނިވާރސިޓީން ތަޢުލީމް ޙާސިލް ކުރަމުން އަންނަ ދިވެހި ދަރިވަރަކު މަރުވެފައި އޮއްވާ ފެނުނީ މިއަދު މެންދުރެއްހާއިރު ކަމަށެވެ. އަދި މަރުވެފައި އޮއްވާ ފެނުނު ދިވެހި ކިޔަވާ ކުއްޖަކީ ފިރިހެނެއް ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއިން އަންނަނީ ތަހްޤީޤްކުރައްވަމުންނެވެ.