އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ އޮފިސަރަކު އައްޔަންކުރައްވައިފިއެވެ.
ބަންޑާރަކޮށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް ހަމަޖައްސަވާފައި ވަނީ ކެޕްޓަން އިބްރާހީމް ޢާޒިމްއެވެ.
މި ރަސްމިއްޔާތުގައި މަޤާމު ހަވާލުކުރި ކަމުގެ ލިޔުން ކެޕްޓަން އިބްރާހީމް ޢާޒިމާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއެވެ.