ޚަބަރު

ފުވައްމުލަކުގައި ވެމްކޯގެ ޚިދުމަތްދޭން ފަށަނީ


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް, ވެމްކޯއިން ފުވައްމުލައް ސިޓީގައި ވޭސްޓް ކަލެކްޝަން ސަރވިސްއަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން ވެމްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ގޭބީސީތަކުގައި އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން، މިއަދުން ފެށިގެން ވެމްކޯގެ ފުވައްމުލައް އޮފީހުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާނެކަމަށެވެ. އެގޮތުން ފުވައްމުލައް ސިޓީގައި މި ޚިދުމަތް ފަށާއިރު ރަޖިސްޓްރީވަމުންދާ ގޭބީސީތަކަށް ހަފްތާއަކު ތިންދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މަހު ފީ އެއްގެ ގޮތުގައި ކޮންމެ ގެއަކުން ނަގާނީ ސަތޭކަ ރުފިޔާ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި މި އަގު ހަމަޖައްސާފައިވަނީ ވެމްކޯއިން އެ ސިޓީގައި ކުރިއަށްގެންދިޔަ މާކެޓް ސަރވޭއިން ލިބުނު މައުލޫމާތުގެ މައްޗަށްކަމަށްވެސް އެކުންފުނިން ބުނެއެވެ.