ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ފެންބޮޑުވުމުގެ ޙާދިސާއަކަށް ރަށު ފެންވަރުގައި ތައްޔާރުވެ ތިބުމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސް ކުރައްވައިފިއެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވީ، ވިއްސާރައާ ގުޅިގެން ފެންބޮޑުވެ ގޭގެއަށް ފެން ވަނުމަކީ އެކަށީގެންވާ ކަމެއްކަމުން ގޭގެއަށް ފެންނުވަންނާނެހެންް، ގޭގޭގެ ކުރިމަތީގައި ވެލިބަސްތާ ޖެހުމަށް އިލްތިމާސް ކުރައްވާކަމަށެވެ.
މިވިއްސާރައިގައި، ކޮޅިގަނޑުގައި 45 – 55 މޭލުގެ ބާރުމިނަށް ވައިގަދަވާތީ، ކަނޑު ދަތުރު ކުރައްވާ ފަރާތްތައް މޫސުމަށް ބައްލަވައިގެން ދަތުރު ކުރެއްވުމަށްވެސް އެ ސެންޓަރުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކޮޅިގަނޑުގައި ޖެހޭ ގަދަވައިގައި، ގޭގޭގެ ފުރާޅު އެއްލާލާ، ގަސްތައް މުލުން ލުހި، އޮފިތައް ބިންދައިގެންގޮސް ވެއްޓި، ރަށްރަށަށް ބޮޑެތިގެއްލުންތަކެއް ލިބެމުނަދާތީ، މިކަމަށްވެސް އެންމެހާ ޢާންމު ރައްޔިތުން ސަމާލުވުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯސްވެ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.