މާފަންނު ގުލްޒާރުވާދީ ގޭގައި އަލިފާނުގެ ޙާދިސާ އެއް ހިނގައިފިއެވެ. .
މިހާދިސާ ހިނގަން މެދުވެރިވީ ގޭސްފުޅިއެއް ގޮވައިގެންކަމަށް އެންއެންޑީއެފުން މައުލޫމާތުދެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވާގެއަކީ ބިދޭސީން ދިރިއުޅެމުން އަންނަ ތަނެކެވެ. މި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި ހުރި ހިފާ ގެންގުޅޭތަކެއްޗަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
މިޙާދިސާ ހިނގަން މެދުވެރިވީ ގޭސް ފުޅިއެއްގައި އަލިފާން ރޯވެގެންކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިހާދިސާ ހިނގުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ފުލުހުން ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާންނިއްވާލާފައެވެ.