ޚަބަރު

ޖެންޑަރ މިނިސްޓަރ އައްޑޫ ސިޓީއަށް ވަޑައިގެންފި


މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. 

މިނިސްޓަރ ޒެނީޝާ އައްޑޫސިޓީއަށް ކުރައްވާ މި ޒިޔާރަތުގައި އެސިޓީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވާ، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާމެދު ސެންޓަރުގެ މުވައްޒަފުންނާ މަޝްވަރާކުރެއްވިއެވެ. އަދި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވައި މިނިސްޓްރީއާއި އެމުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. 

އަދި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާ، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިބައްދަލުވުންތަކުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.