ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މ. ކޮތަންމާގޭ މުޙައްމަދު ޙުސެއިން ޝަރީފް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މުޙައްމަދު ޙުސެއިން ޝަރީފް ސްރީލަންކާގައި ހުންނަ ރާއްޖޭގެ ސަފީރަކަށް އައްޔަންކުރުމަމަށް ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
މުހައްމަދު ޙުސެއިން ޝަރީފަކީ މި ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރުގެ މަޤާމުގައިވެސް މިހާރު ހުންނެވީ އެބޭފުޅާއެވެ.
ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމުގައި މިހާރު ހުންނެވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޒާހިޔާ ޒަރީރުއެވެ.