ކުޅިވަރު

ދިވެހި ލީގަށް އިންޑިޔާގެ އޭ ކެޓަގަރީގެ ރެފްރީއެއް


މިހާރު ކުރިއަށްދާ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރެފްރީކަން ކުރަން އިންޑިޔާގެ ރެފްރީއަކު ހަމަޖައްސައިފިއެވެ.

އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވަނީ އެ ގައުމުގެ އޭ ކެޓަގަރީގެ ރެފްރީ ޕްރަދިބްޓާ ކުރާމް ނަޔަކް ދިވެހި ލީގުގައި ރެފްރީކަން ކުރަން ފޮނުވުމަށް ރަސްމީކޮށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ލީގުގައި ރެފްރީކަން ކުރުމަށް އޭނާ މާލެ އަންނާނީ އަންނަ ހުކުރު ދުވަހު ކަމަށް ިއިންޑިޔާ ފެޑެރޭޝަނުން ބުނެފައިވެއެވެ.

މިއީ ރައްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އެދުމުގެ މަތީން ހަމަޖައްސާފައިވާ ކަމެއް ކަމުގައި ވެސް އޯލް އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ލީގުގައި މީގެ ކުރިން ވެސް އިންޑިޔާގެ ރެފްރީން ވަނީ ރެފްރީކަންކޮށްފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް އިންޑިޔާއިން ރެފްރީން ގެންނަން ޖެހިފައިވަނީ ދިވެހި ރެފްރީންނާމެދު ކުލަބުތަކުގެ ނުތަނަވަސްކަން ބޮޑުވުމުގެ ސަބަބުންނެވެ.