ކުޅިވަރު

ޗެލްސީއަށް ތަފާތު ބޮޑު މޮޅެއް، ކޮންޓޭއަށް ބޮޑު އުފަލެއް


އިޓަލީގެ ކުޅުންތެރިގެ ތެރެއިން ޗެމްޕިއަންސް ލީގުގައި 100 ވަނަ ގޯލު ޖެހި ކުޅުންތެރިޔާގެ ފަހުރު ޑިފެންޑަރު ޒަޕަަކޯސްޓާ ހޯދި މެޗު 6-0 ން ކާމިޔާބުވުމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަރަށް ބޮޑަށް އުފާފާޅުކޮށްފިއެވެ.

ގަރަބާގް އަތުން 6-0 ން މޮޅުވި މެޗަކީ މުބަރާތުގެ ތާރީހުގައި ޗެލްސީގެ އެންމެ ތަފާތުބޮޑު އެއްނަތީޖާއެވެ. ކޮންޓޭ ބުނީ ޗެމްޕިއަންސް ލީގު ފަށަން ކުޅޭ މެޗެއްގައި މޮޅަށް ކުޅެ، ގިނަ ލަނޑުތަކެއް ޖަހައިގެން މޮޅުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އޭނާގެ ކުޅުންތެރިންނާމެދު އޮތީ ވަރަށް މަތިވެރި ޝުކުރެއް ކަމަށެވެ.

ރޭގެ މެޗުގައި ޗެލްސީ އަށް ލަނޑު ޖަހައިދިނީ ފެޑްރޯ ރޮޑްރިގޭޒް އާއި ޑޭވިޑޭ ޒަޕަކޯސްޓާ އާއި ސެޒާ އަޒްޕިލިކުއެޓާ އާއި ބަކަޔޯކޯ އާއި މިޝީ ބަޓްޝުއާއީއެވެ. މީގެ ތެރެއިން ޒަމަޕޯސްޓާ ޕެނަލްޓީ އޭރިޔާގެ ބޭރުން ކީޕަރު ބޯމަތިން ޖެހި ގޯލަކީ ކީޕަރު ތިބައޫ ކޯޓުއާ ދިން ޕާހަކުން ޖެހި ގޯލެކެވެ. މިއީ 2012ގެ ފަހުން ޗެމްޕިއަންސް ލީގުގައި ކީޕަރަކު ދިން ޕާހަކުން ޖެހި ފުރަތަމަ ލަނޑެވެ. އަދި މި ގޯލާއެކު ޒަޕަކޯސްޓާ ވެގެންގޮސްފައިވަނީ އިޓަލީގެ ކުޅުންތެރިންގެ ތެރެއިން ޗެމްޕިއަންސް ލީގުގައި 100 ވަނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ.

މެޗަށް ފަހު ޒަޕަކޯސްޓާ ބުނީ އިޓަލީގެ ކުޅުންތެރިންގެ ތެރެއިން މި މުބާރާތުގައި 100 ވަނަ ލަނޑު ޖެހީ އޭނާ ކަން އެނގުނީ މެޗަށް ފަހު ކަމަށާއި، އެކަމާ އުފާކުރާ ކަމަށެވެ. ނަމަވެސް ބޮޑަށް އުފާވަނީ ޓީމު މޮޅުކޮށްދެވުމުން ކަމަށެވެ.

އެއް އަަހަރުގެ މެދުކެނޑުމަކަށް ފަހު ޗެލްސީ އަލުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކޮންޓޭ ބުނީ 13 ކުޅުންތެރިންނާއެކު ނިމިދިޔަ ސީޒަނުގައި ކުޅުނުހެން މި ސީޒަނުގައި ކުޅެވޭނެ ކަމަށް އެކަކު ވެސް ގަބޫލު ނުކުރުމަށާއި، އޭނާގެ ސްކޮޑް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.