ކުޅިވަރު

މޮރީނިއޯގެ ވާހަކަތަކަށް ކޯމަން ހިތްހަމަ ނުޖެހުން


އެވަޓަން އަތުން މެންޗެސްޓަރ ޔުނައިޓެޑް 4-0 ން މޮޅުވި މެޗަށް ފަހު އެވަޓަން ގަދަ ހަތަރަކަށް އަރަން އުޅޭކަމަށް ބުނެ ޔުނައިޓެޑްގެ ކޯޗު ދެއްކި ވާހަކަތަކާމެދު އެވަޓަންގެ ކޯޗު ރޮނަލްޑް ކޯމަން ހިތްހަމަނުޖެހިއްޖެއެވެ.

މޮރީނިއޯ ބުނީ އެވަޓަންއިން 140 މިލިއަން ޕައުންޑް ޓްރާންސްފާ މާކެޓުގައި ހޭދަކޮށް ގަދަ ހަތަރަކަށް އަރަން އުޅޭތީ އޭނާ ހައިރާންވާ ކަމަށެވެ. އަދި މިއީ ތައްޓަށް ވާދަކުރަން ބަޔަކަށް ހޭދަކުރެވޭނެހާ ފައިސާ ކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފައެވެ.

މިކަމާމެދު ހިތްހަމަނުޖެހިގެން ކޯމަން ބުނީ ނޫސްވެރިންނާއި ސަޕޯޓަރުންނާއި ދެންތިބި އެންމެނަށް ވެސް އެވަޓަންގެ ގަދަ ހަތަރަކަށް ވިސްނަނީ ކީއްވެގެންކަން އެނގެންވާނެ ކަމަށެވެ. އެންމެ ފުރަތަމަ ބޮންތީގައި ހިފުމުގެ ބަދަލުގައި ކުރީ ސީޒަނަށްވުރެ ރަނގަޅު ނަތިޖާއެއް ހޯދަން މަސައްކަތް ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށް ވެސް ކޯމަން ވަނީ ބުނެފައެވެ.

ރޭގެ މެޗުގައި 4-0 ން ބަލިވީ ހެދުނު ގޯސްތަކަކުން ކަމަށާއި ބަލިވަމުންދާނަމަ ޓީމުގެ ރޫހު ގެއްލިދާނެކަން ވެސް ކޯމަން ފާހަގަކުރިއެވެ. އޭނާ ބުނީ ތަފާތު މުބާރާތްތަކެއްގައި ނަމަވެސް ޖެހިޖެހިގެން އަމިއްލަ ދަނޑުގައި ބަލިނުވެ ފަސް މެޗު ގޮސްފިނަމަ އެއީ ވަރަށް ބޮޑު ގެއްލުމަކަށްވެދާނެ ކަމަށާއި މެޗަކުން މޮޅުވުމުން އެވަޓަން އަށް މިހާރު ވަރަށް މުހިންމު ވެފައިވާ ކަމަށެވެ.

މޮރީނިއޯ ވަނީ އެވަޓަން އަށް ގާތްގާތުގައި ގިނަ މެޗުތަކެއް އަމިއްލަ ދަނޑުގައި ކުޅެންޖެހިފައިވާއިރު އޭނާގެ ޓީމަށް ލީގުގެ ވަރުގަދަ ޓީމުތަކާ މާ ގާތްގާތުގައި ކުޅެން ޖެހުމަކީ ވެސް ވިސްނާލަންޖެހިފައިވާ ކަމެއްކަން ނޫސްވެރިންނަށް ހަނދާންކޮށްދީފައެވެ.

ލޮމެލޫ ލުކާކޫ އާއި ހެންރިކް މިކްތާރިއަން އަދި އެންތަނީ މާޝިއަލް އާއި އެންޓޯނިއާ ވެލެންސިއާ ޖަހައިދިން ލަނޑުތަކުން ޔުނައިޓެޑް މިވަގުތު އޮތީ 13 ޕޮއިންޓާއެކު ޓޭބަލުގެ ދެ ވަނާގައެވެ. އެއީ އެއްވަނާގައިވާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުގެ ފައިދާގޯލުގެ ތަފާތުންނެވެ. އެވަޓަން އޮތީ 20 ޓީމު ވާދަކުރާ ލީގުގެ 18 ވަނާގައި ހަތަރު ޕޮއިންޓާއެކުއެވެ.