ކުޅިވަރު

އޮމާން އަތުން ބަލިވެ، ރާއްޖެއަށް ފުރުޞަތު ގެއްލިއްޖެ


އޮމާން އަތުން ބަލިވެ އޭޝިއަންކަޕަށް ކޮލައިފައިވުމުގެ ފުރަސަތު ރާއްޖެއަށް ގެއްލިއްޖެއެވެ.

އޭޝިއަންކަޕް ކޮލިފައިންގައި މިރޭ ޤައުމީ ފުޓްބޯޅަޓީމް އޮމާން އަތުން ބަލިވީ 3-1 ލަނޑުންނެވެ. މެޗުގައި މާއެދެވޭ ކުޅުމެއް ރާއްޖޭގެ ޓީމަށް ކުޅެވިފައެއްނުވެއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނޮވާލީ ރާއްޖޭގެ މުޙައްމަދު އުމެއިރުއެވެ. އުމެއިރު ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ އޮމާން ޓީމުގެ ތަޖުރިބާކާރު ކީޕަރު ހަބްސީއެވެ.

މެޗްގެ ފުރަތަމަ ލަނޑު ފުރުތަ މަހާފް ގެ 19 ވަނަ މިނިޓްގައި ކާމިޔާބުކޮއްދިނީ އެޓީމުގެ ހާލިދުއެވެ. އޭގެ ތިން މިނިޓް ފަހުން ރާއްޖޭގެ ދިފާއަށް ކުޅެމުންދިޔަ ކުޅުންތެރިން ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގާ އޮމާނުން ފުޅާކުރިއެވެ. 22 ވަނަ މިނިޓްގައި މި ލަނޑު އޮމާނަށް ކާމިޔާބުކޮށްދިނީ ޖަމީލްއެވެ. މެޗްގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ 24 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރުއެވެ.

މެޗުގައި އޮމާންގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗްގެ57 ވަނަ މިނިޓްގައި މުބާރަކްއެވެ. މި މޮޅާއެކު އޮމާނަށް ނުވަ ޕޮއިންޓް ވަނީ ލިބިފައެވެ. މިއީ ދެވަނާގައި އޮތް ރާއްޖެއަށް ވުރެ ހަ ޕޮއިންޓް މަދު އަދަދެކެވެ. އެހެންކަމުން ރާއްޖެއަށް ދެން ފުރުޞަތެއް އޮތީ އޮމާން ކުޅޭ ދެ މެޗުން ތަފާތު ބޮޑުކޮށް ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ތަފާތު ބޮޑުކޮށް މޮޅުވެގެންނެވެ. މި ގުރޫޕްގައި މިރޭ ފަލިސްތީން ކުޅުނު މެޗް އެޓީމުން ވަނީ 10-0 ލަނޑުން ބޫޓާން ބަލިކޮށްފައެވެ. ގްރޫޕްގެ އެއްވަނާގަ އޮތީވެސް ފަލަސްޠީނެވެ.

އޭޝިޔަންކަޕް ކޮލިފައިންގައި ދެން ރާއްޖެ ނިކުންނާނީ އަންނަ މަހުގެ ސާދަވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށެވެ.