ޗެމްޕިއަންސް ލީގުގައި ލަޔޮނަލް މެސީ ޖެހި 100 ވަނަ ގޯލާއެކު މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ބާސެލޯނާ ޖެހިލައިފިއެވެ.
ޓީމުގެ ކޯޗު އެސްޓޯނިއޯ ވަލްވާޑޭގެ ކުރީގެ ޓީމު އޮލިމްޕިއާކޯސް އަތުން 3-1 ން ބާސެލޯނާ މޮޅުވި މެޗާއެކު އެ ޓީމަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. ދެ ވަނަ ބުރަށް ދިއުމަށް އިތުރަށް ބާސެލޯނާ ބޭނުންވަނީ ތިން ޕޮއިންޓެވެ. މެސީ މި މެޗުގައި 100 ވަނަ ގޯލު ހަމަކުރިއިރު އޭނާ އަކީ ޗެމްޕިއަންސް ލީގުގައި 100 ގޯލު ހަމަކުރި ދެ ވަނަ ކުޅުންތެރިޔާއެވެ. އެންމެ ފުރަތަމަ 100 ގޯލު ހަމަކުރީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ މިހާތަނަށް 112 ގޯލު ހަމަކޮށްފައިވަނީ 151 މެޗުންނެވެ. މެސީ 100 ގޯލު ހަމަކޮށްފައިވަނީ އެންމެ 122 މެޗުންނެވެ. މި މެޗުގައި ޖެރާޑް ޕީކޭ އަށް ރަތްކާޑު ދެއްކިއިރު ބާސެލޯނާގެ އަނެއް ދެ ލަނޑު ގެ ތެރެއިން ލޫކަސް ޑިނޭ ގޯލެއް ޖަހާފައިޥާއިރު ފުރަތަމަ ޖެހީ ބައިގޯލެކެވެ.
ކޯޗު އެސްޓޯނިއޯ ވަލްވާޑޭ މެޗަށް ފަހު ބުނީ މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާގެ ގޯލު ޖެހުމުގެ ރެކޯޑާމެދު އެންމެން ވެސް ފަހުރުވެރިވާނެ ޖެހޭނެ ކަމަށެވެ.