ކުޅިވަރު

ހެރޭރާގެ އިންޓަވިއު އަޑުއަހާފައި މޮރީނިއޯ ރާގު ބަދަލުކޮށްފި


އަލަށް ޕްރޮމޯޓްވި ހަޑަލްސްފީލްޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗުގައި މިޑްފީލްޑަރު އެންޑާ ހެރޭރާ ދިން އިންޓަވިއު އަށް ފަހު މޮރީނިއޯ ޕްރެސް ކޮންފަރެންސްގައި ކުޅުންތެރިން ދިފާއުކޮށްފިއެވެ.

މި މެޗަށް ފަހު ހެރޭރާ ޗޭންޖިން ރޫމަށް ދަމުން ދީފައިވާ އިންޓަވިއު ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ފަރުވާކުޑަ އަމަލުތަކެއް ކަމަށެވެ. މިހެންވެ މޮރީނިއޯ ފުރަތަމަ ބުނީ ކުޅުންތެރިއަކު އެފަދައިން ބުނެފިނަމަ ހުރިހާ ކުޅުންތެރިން މީޑިއާގެ ކުރިމަތީގައި އެމީހުންގެ އުޅުން ހުރިގޮތް ކިޔައިދޭން ޖެހޭނެ ކަމަށެވެ.

ނަމަވެސް ފަހުން މޮރީނިއޯ ބުނީ މީޑިއާގައި ކުޅުންތެރިންނަށް ފާޑުކިޔަން އޭނާ ބޭނުންނުވާ ކަމަށެވެ. މެޗު އަލުން ބެލުމަށްފަހު ކުޅުންތެރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަންވެއްޖެނަމަ އެކަން ކުރާނެ ކަމަށާއި ނަމަވެސް މުޅި މެޗުގައި ފެނިގެންދިޔައީ ޕްރެކްޓިސް މެޗެއްގައި ވެސް ނުފެންނާނެހާ ގޯސް އަމަލުތަކެއް ކަމަށެވެ.

މޮރީނިއޯ ބުނީ އޭނާއަކީ ޔުނައިޓެޑްގެ ސަޕޯޓަރެއް ކަމަށާއި މެޗު އެއްވަރު ކުރެވެންވާނެ ކަމަށެވެ. އަދި ޖުމުލަ ތިން ބޯޅަ ގޯލަށް ޖަހާފައި ޔުނައިޓެޑުން މެޗު ނިންމާލުމުން އިދިކޮޅު ޓީމުން ކޮލިޓީ ދައްކަން ފުރުސަތު ދިނީ ޔުނައިޓެޑްކަން އެންމެނަށް ވެސް އެނގޭ ކަމަށްވެސް އޭނާ ބުންޏެވެ.

މި މެޗުން ބަލިވުމުން ޔުނައިޓެޑް ވަނީ އެއްވަނާގައިވާ މެންޗެސްޓާ ސިޓީ އަށްވުރެ ފަސް ޕޮއިންޓް ފަހަތަށް ގޮސްފައެވެ. ޓޭބަލުގެ ދެ ވަނާގައި ޔުނައިޓެޑް އޮތްއިރު މިއީ މިފަހަރުގެ ލީގުގައި އެމީހުން ބަލިވި ފުރަތަމަ މެޗެވެ.