ޓޮޓެންހަމުގެ އިނގިރޭސި ފޯވަޑް ހެރީކޭން ގަތުމަށް އެއްވެސް ކުލަބަކުން ބޭނުންވާނަމަ އޭނާގެ އަގު ދުނިޔޭގެ ރެކޯޑް ފީއަކަށް އަރާނެ ކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.
ދުނިޔޭގެ ޗެމްޕިއަން ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް ބުނީ ކޭން ވިއްކާލުމަށް ޓޮޓެންހަމުން މިހާރު ވެސް ރެކޯޑް އަގެއް ކިޔާނެކަން އޭނާ އަށް ޔަގީންވާ ކަމަށެވެ. ނަމަވެސް 24 އަހަރުގެ ފޯވަޑް ގަތުމުގެ ހިޔާލު އޭނާގެ ސިކުނޑީގައި އެބައޮތް ކަމަށެވެ.
ނަމަވެސް ޕެރޭޒް ބުނީ މިވަގުތު ކޭންއާއި މެދު ނުވިސްނާ ކަމަށާއި އޭނާގެ ޓީމުގެ އިސްފޯވަޑް ކަރީމް ބެންޒެމާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް ކޭން އަކީ ކޮންމެ ކުލަބަކުން ވެސް ބޭނުންވާފަދަ ކުޅުންތެރިއެއް ކަމަށާއި ރެއާލް މެޑްރިޑުގެ ސްކޮޑް ވަރުގަދަ ކުރުމަށް ވިސްނުންތަކެއް ރާވަމުންދާ ކަމަށެވެ.
މި ސީޒަނުގައި މޮޅަށް ކުޅެ ގިނަ ގޯލުތަކެއް ޖަހަމުން އަންނަ ކޭން ގަރުމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރާތާ ދުވަސްތަކެއްވެއްޖެއެވެ. އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ ކޭން އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.