3-2 ން އެމްއެންޑީއެފް ބަލިކޮށް، ޕްރެޒިޑެންޓްސް ކަޕް ރެކްރިއޭޝަނަލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެމްޕީއެލް ހޯދައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކުރި މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ މަހާރެހެންދި ފާތިމަތު އިބްރާހިމްއެވެ.
ދެ ފަހަރަށް އެމްއެންޑީއެފް ލީޑް ހޯދި މެޗުން އެމްޕީއެލް މޮޅުވީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމިނިމި އޮއްވައި ފާތިމަތު ޖޫޒާން ޖެހި ލަނޑުންނެވެ. މި މެޗުގައި އޭނާ ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ ފަރާހް އަހުމަދުއެވެ. އެމްއެންޑީއެފަށް ލަނޑު ޖަހައިދިނީ މަރިޔަމް ރިފާ އާއި ޝަހުފާ ޝިއުތްއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެމްއެންޑީއެފްގެ ކެޕްޓަން އާމިނަތު ޒާހިޔާ އާއި އެ ޓީމުގެ ޝަހުފާ ޝިއުތާއި އެމްޕީއެލްގެ ކެޕްޓަން ފާތިމަތު ޝާލިޔާ އާއި އާމިނަތު ޝާމިލާ އާއި އެ ޓީމުގެ ގޯލްކީޕަރު ފާތިމަތު ޝަޒީމާއެވެ.
img:http://s3.psmnews.mv/images/660x400/15093040207416.gif|ފައިނަލް މެޗުގައި އެމްޕީއެލް ޓީމުން އެޓޭކް ކުރަނީ: ފޮޓޯ-ޕީއެސްއެމް
މުބާރާތުގައި ޓީމަށް އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ފެނަކަ ކޯޕަރޭޝަންއެވެ.
މި މުބާރާތުގެ ފިރިހެން ފައިނަލް މެޗު ކުޅޭނީ މާދަމާރޭ ޓޭފް ދަނޑުގައެވެ. ބައްދަލުކުރާނީ އެއަޕޯޓާއި އެސްޓީއޯއެވެ.