ކުޅިވަރު

މިވަގުތު ޤައުމީ ޓީމަށް ނުނަގަން ސުއަރޭޒް އެދެފި


ކުރިއަށް އޮތް ހަފުތާގައި އެކުވެރިކަމުގެ މެޗުތައް ކުޅެން ތައްޔާރުވާ އުރުގުއޭގެ ގައުމީ ޓީމަށް ނުނެގުމަށް ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް އެދެފިއެވެ.

އުރުގުއޭގެ ކޯޗާއި ފެޑަރޭޝަންގެ ކިބައިން ސުއަރޭޒް މިގޮތަށް އެދުނީ އޭނާގެ ފޯމު މިވަގުތު މާބޮޑަށް ދަށްވެފައިވުމުންނެވެ. ސުއަރޭޒް ބުނެފައިވަނީ މިވަގުތު އޭނާ ބޭނުންވަނީ އަރާމުކޮށްލަން ހުސްވަގުތުކޮޅެއް ކަމަށެވެ. އަދި ސްޕެނިޝް ލީގު އަލުން ފަށަންވާއިރު ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ތައްޔާރުވާން ބޭނުންވާ ކަމަށެވެ.

މި ސީޒަން ފެށުނު ފަހުން ސުއަރޭޒްގެ ފޯމު ވަރަށް ބޮޑަށް ދަށްވެ، ގޯލު ނުޖެހުމުގެ މައްސަލަ އޭނާ އަށް ވަނީ ކުރިމަތިވެފައެވެ. މިހެންވެ ފާޑުކިއުންތައް އަމާޒުވެފައިވީ ނަމަވެސް ބާސެލޯނާގެ ކޯޗު ދަނީ ކޮންމެ މެޗަކަށްފަހު ވެސް ސުއަރޭޒް ދިފާއު ކުރަމުންނެވެ.