ދުނިޔެ

ސައުދީގައި ހައްޔަރުކުރި ޝާހީ ޢަމީރުންނާއި ވަޒީރުން ދޫކޮށްލައިފި


ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ ޢަރަބިޔާގެ ޝާހީ އާއިލާގެ ޢަމީރުންނާއި ކުރީގެ ވަޒީރުން މިނިވަންކޮށްފިއެވެ.

މިކަން ހާމަކުރައްވަމުން ސައޫދީ ބަންޑާރަ ނައިބު ޝައިޚް ސައޫދުލް މުޖީބް ވިދާޅުވީ ހައްޔަރުކޮށްފައިވާ ބޭފުޅުން ދޫކޮށްލީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެއްބާރުލުންދިނުމަށް އެ ބޭފުޅުން އެއްބަސްވެވަޑައިގަތުމުން ކަމަށެވެ.

މި ގޮތުން އެ ބޭފުޅުން ޚިޔާނާތްތެރިވެފައިވާ ފައިސާ އަނބުރައި ދައުލަތަށް ދެއްކުމަށް އެއްބަސްވެ ވަޑައިގެންނެވުމުން އަންގާރަ ދުވަހު އެ ބޭފުޅުން މިނިވަންކޮށްފައިވާކަމަށް ބަންޑާރަ ނައިބު ސައުދުލްމުޖީބް ވިދާޅުވިއެވެ.

ހައްޔަރުކުރި ބޭފުޅުން ޚިޔާނާތްތެރިވެފައިވާ ފައިސާ އަނބުރައި ދައުލަތަށް ދެއްކުމުން ގާތްގަނޑަކަށް ސަތޭކަ ބިލިޔަން ޑޮލަރު، ސައޫދީ ޚަޒާނާއަށް ވަންނާނެކަމަށް ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފައެވެ.

ސައޫދީ ސަރުކާރުން ވަނީ ކޯޓުގެ ނިޒާމުގެ ތެރެއިން މައްސަލަ ހައްލުކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތުވެސް ދީފައެވެ.