ދުނިޔެ

ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެ، ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކު ޒަޚަމްވެއްޖެއެވެ. މި ދެމީހުން ކުރެ އެކެއްގެ ޙާލު ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއު ޔޯރކްގެ މެންހަޓަން މިޑްޓައުންގައި ހުންނަ މި ޢިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ދިމާވީ، ކަރަންޓަށް ދިމާވި މައްސަލައެއްގެ ސަބަބުންކަމަށް ޓްރަމްޕްގެ ދަރިކަލުން އެރިކް ޓްރަމްޕާ ހަވާލާދީ ނޫސްތަކުން ބުނެއެވެ. 

ހާދިސާ ހިނގި ވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ވޮޝިންޓަންގައެވެ.