މެންޗެސްޓާ ޔުނައިޓެޑުގައި އޭނާ ލައްވާ ކުޅުމާ މަޤާމު ބަދަލުކޮށްދޭން ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ކޯޗު ހޯސޭ މޮރީނިއޯގެ ކިބައިން އެދިއްޖެއެވެ.
މި ފަހުން ޔުނައިޓެޑް ކުޅުނު މެޗުތަކުގައި އެ ޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ލައްވައި ކުޅުވާފައިވަނީ ޑިފެންސިވް މިޑްފީލްޑަށެވެ. ނަމަވެސް ޕޮގްބާ ބޭނުންވަނީ މިޑްފީލްޑް ތެރެއިން އެޓޭކިންގ ޕޮޒިޝަނަކަށް ކުޅޭށެވެ. ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން އިޓަލީގެ ޔުވެންޓަސް އާއި ފްރާންސްގެ ޤައުމީ ޓީމުގައި ވެސް ޕޮގްބާ ލައްވައި އާއްމުކޮށް ކުޅުވަނީ މެދުން ކުރިއަށެވެ.
ނަމަވެސް ޔުނައިޓެޑަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާހުރެ ޕޮގްބާ އެކި މެޗުތަކުގައި ބޭނުން ކުރަނީ ތަފާތު މަޤާމުތަކަށެވެ. ކޯޗު މޮރީނިއޯ މި އުކުޅާމެދު ކުޅުންތެރިޔާ އެހާބޮޑަށް ހިތްހަމަނުޖެހުުނަސް ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ދެކޭގޮތް ތަފާތެވެ.
ކުރީގެ ކެޕްޓަން ރޯއިކީން ބުނީ މެދުތެރެއަށް ކުޅޭނަމަ މެދުން ދޭއް ނުވަތަ މަދުވެގެން ތިން މަޤާމަށް ޕޮގްބާ އަށް ކުޅެވެންވާނެ ކަމަށެވެ.