މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޙާލަތު ރަނގަޅު ކުރުމަށް ރައީސް ޔާމީން ސަރުކާރުން ފާއިތުވި ހަތަރު އަހަރުދުވަހުގެ ތެރޭގައި 20 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަނުން ގުރައިދޫ މަރުކަޒަށް ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ގުރައިދޫ މަރުކަޒާ ޙަވާލުވިއިރު، އެތަނުގެ ޙާލަތު އޮތީ ވަރަށް ދަށްކޮށް ނިކަމެތިކޮށް ކަމަށާއި މިސަރުކާރުން ފާއިތުވި ހަތަރު އަހަރު އެތަނުގެ ޙާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް 20 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މުޖުތަމަޢުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް އަޅާލުމުގައި މިސަރުކާރުން ޗެމްޕިއަންކަން ހޯދާފައިވާ ކަމަށެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގައި ސަރުކާރުން ރީތި ނަމޫނާއެއް ދައްކައިދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 200 އާ ގާތްކުރާ ޢަދަދަކަށް މީހުން ދިރިއުޅެއެވެ. ސަރުކާރުން ވަނީ މިދިޔަ އަހަރުވެސް ގުރައިދޫ މަރުކަޒުގެ ޖާގަ ބޮޑުކޮށް، އެތަނުން ދޭ ފަރުވާގެ ފެންވަރު މަތިކޮށް، އިތުރު ވަޞީލަތްތައް ޤާއިމްކޮށްފައެވެ.