ވޯލްޑްކަޕްގައި ރަޝިޔާގެ ދުވެލި އުރުގުއާއީން މަޑު ޖައްސާލައިފިއެވެ.
ފީފާ ވޯލްޑްކަޕްގެ ގްރޫޕް އޭގައި ރަޝީޔާއާއި އުރުގުއާއީ ވާދަކުރި މެޗުން ރަޝިޔާ ބަލިވީ ތިނެއް ސުމަކުންނެވެ. ދިހަ ކުޅުންތެރިންނާއިއެކު މެޗުގެ ބޮޑު ބައި ފުރިހަމަކުރި ރަޝިޔާ ކޮޅަށް އުރުގުއާއީގެ ފުރަތަމަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ޖަހައިދިނީ ލުއިސް ސުއަރޭޒެވެ.
އުރުގުއާއީގެ ދެވަނަ ލަނޑަކީ ރަޝިޔާގެ ޗެރިޝޭވް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގައި ރަޝިޔާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ޑިފެންޑަރ ސްމޮލްނިކޯވަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. މެޗުގައި އުރުގުއާއީގެ ތިންވަނަ ލަނޑު ޖަހައިދިނީ އެޑިންސަން ކަވާނީއެވެ.
މި މޮޅާއިއެކު އުރުގުއާއީވަނީ ގްރޫޕުގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖަގަ ހޯދާފައެވެ. ގްރޫޕުގެ ދެވަނަ ހޯދީ ރަޝިޔާއެވެ.