ޚަބަރު

ކޭއެފްސީ ، ހުޅުވަން ތައްޔާރުވެއްޖެ


ދުނިޔޭގެ ފެންވަރުގެ ފުޑް ޗެއިންތައް ރާއްޖެއަންނަމުންދާއިރު މަޝްހޫރު ބޮޑު ފުޑްޗެއިންއެއް ކަމަށްވާ ކޭއެފްސީ ރާއްޖޭގައި ހުޅުވުމުގެ އެންމެފަހުގެ ތައްޔާރީތައް ފަށައިފިއެވެ.

ކޭއެފްސީއަކީ ނަވާރަސަތޭކަ ފަންސާސް ދެވަނަ އަހަރު އެމެރިކާގައި ހުޅުވި ބްރޭންޑެކެވެ. މިހާރު ދުނިޔޭގެ އަށްޑިހައަށްވުރެ ގިނަ ޤައުމުގައި ދިހާހާހަށްވުރެ ގިނަ ކޭއެފްސީގެ އައުޓްލެޓްތައްވަނީ ހުޅުވާފައެވެ. ކޭއެފްސީގެ ކާނާ ހުރިހާ ޤައުމެއްގައިވެސް އެހާ މަޝްހޫރުވެފައިވާއިރު ދިވެހިންނަށް ކޭއެފްސީގެ ރަހަތައް އެނގިގެންދިޔައީ ދިވެހިން ގޮސް އުޅޭ ޤައުމުތަކުގައި ހުންނަ ތަންތަނުންކަމަށްވާއިރު މީގެކުރިން މިޤައުމުތަކަށް ގޮސްގެން އެކަނި ލިބެން ހުރި ކޭއެފްސީގެ ރަހަތަށް މިވަނީ ރާއްޖެއަށް ވެސް އައުމުގެ މަގުމަތީގައެވެ.

މާލޭ ސްކްއަރގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވެސް ކޭއެފްސީގެ އައުޓްލެޓެއް ހުޅުވުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ރާއްޖޭގައި ކޭއެފްސީގެ އައުޓް ލެޓްތައް ހުޅުވުމުގެ މަސައްކަތްކުރަމުންދާއިރު މިހާރުވެސް ދުނިޔޭގެ ބޮޑެތި ފުޑް ޗެއިންތައް ރާއްޖެގައި ހުޅުވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޮސްޓްރޭލިއާގެ ގްލޯރިއަރ ޖީންސްގެ ކޮފީ ޝޮޕާއި ބަގަރކިންގް އަދި ޕިއްޒާ ހަޓް ފަދަ ތަންތަން ފާހަގަކޮށްލެވެއެވެ.