ކުޅިވަރު

17 އަހަރުން ދަށުގެ 1 ވަނާގައި ގދ.އަތޮޅު ތައުލީމީ މަރުކަޒާއި އައްޑޫ ހައި ސްކޫލް


ފުވައްމުލަކުގައި މިހާރު ކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގެ ދެވަނަ ދުވަހުގެ އިވެންޓްތައް ނިމުނުއިރު އެކި އުމުރުފުރާގެ ވަނަތައް އެކި ސްކޫލްތަކަށް ބެހިއްޖެއެވެ. އިވެންޓްތައް ކުރިއަށްދާވަރަކުން ވަނަތަކަށް ބަދަލު އަންނާނެއެވެ.

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒެވެ. އެންމެ ގާތުން ވާދަކުރަނީ އަމީނިއްޔާ ސްކޫލެވެ. އަދި 3 ވަނާގައި އޮތީ ހާފިޒު އަހުމަދު ސްކޫލެވެ. މިއުމުރުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒެވެ. 3 ވަނާގައި އޮތީ މަރަދޫފޭދޫ ސްކޫލެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނާގައި އޮތީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒެވެ. 2 ވަނާގައި އޮތީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި 3 ވަނާގައި އޮތީ ހދ.އަތޮލު ތައުލީމީ މަރުކަޒެވެ. މިއުމުރުގެ އަންހެން ކުދިންގެ ބައިން 1 ވަނާގައި އޮތީ ޝަރަފުއްދީން ސްކޫލެވެ. 2 ވަނާގައި އޮތީ ހދ.އަތޮޅު ތައުލީމީ މަރުކަޒެވެ. 3 ވަނާގައި މިވަގުތު އޮތީ އަހުމަދިއްޔާ އިންޓަރނޭޝަނަލްއެވެ.

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނާގައި އޮތީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ. 2 ވަނާގައި އޮތީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި 3 ވަނާގައި އޮތީ އައްޑޫ ހައި ސްކޫލެވެ. އަންހެން ކުދިންގެ ބައިން 1 ވަނާގައި އޮތީ އައްޑޫ ހައި ސްކޫލެވެ. 2 ވަނާގައި އޮތީ ދަންދޫ ސްކޫލެވެ. 3 ވަނަ ލިބެނީ ގދ.އަތޮޅު ތައުލީމީ މަރުކަޒަށެވެ.

މިއަދުގެ އިވެންޓްތަކުގެ 1 ވަނަ ހޯދި އެތްލީޓުން؛

13 އަހަރުން ދަށުގެ ހާރޑްބޯލް ތްރޯގެ ފިިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ އަމީނިއްޔާ ސްކޫލްގެ ނާއިހް އިލްޔާސް އަހުމަދެވެ.
13 އަހަރުން ދަށުގެ 200 މީޓަރު ރޭހުގެ އަންހެން ބައިން 1 ވަނަ ހޯދީ ޖަމާލުއްދީން ސްކޫލްގެ މަރިޔަމް ރޫޔާ އަލީއެވެ. ފިރިހެން ބައިން 1 ވަނަ ހޯދީ ދާންދޫ ސްކޫލްގެ ހަސަން އަބާން ނާޖީއެވެ.
17 އަހަރުން ދަށުގެ 200 މީޓަރުގެ ރޭހުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ އައްޑޫ ހައި ސްކޫލްގެ އައިޝަތު ހިމްނާއެވެ. މި އިވެންޓްގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ގދ.އަތޮޅު މަދަރުސާގެ މުޙައްމަދު ޝަފްރާންއެވެ.
200 މީޓަރުގެ 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ މަރިޔަމް އަލްހާއެވެ.
100 މީޓަރު ދުވުމުގެ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ އައްޑޫ ހައިސްކޫލްގެ އައިޝަތު ހިމްނާއެވެ. ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ވިލާ އިންޓަރނޭޝަނަލްގެ މުޙައްމަދު ނާވީ އިބްރާހީމްއެވެ.
100 މީޓަރުގެ 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ މަރަދޫފޭދޫ ސްކޫލްގެ އައިޝަތު ޝައިމްއެވެ. ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ދަރުމަވަންތަ ސްކޫލްގެ އީޒާން އަހުމަދުއެވެ. މިއިވެންޓްގެ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ގދ.އަތޮލު ތައުލީމީ މަރުކަޒުގެ އިބްރާހީމް ރާފިލްއެވެ. އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ރިފާ މުޙައްމަދެވެ.

15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޝޮޓް ޕުޓްއިން 1 ވަނަ ހޯދީ އަހުމަދިއްޔާ އިންޓަރނޭޝަނަލްގެ އައިމިނަތު ޝާރާ އިބްރާހީމްއެވެ.
15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ލޯންގް ޖަމްޕުން 1 ވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހީމް ރާފިލްއެވެ.

3000 މީޓަރު ދުވުމުގެ 17 އަހަރުން ދަށުގެ ފިިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ އައްޑޫ ހައި ސްކޫލްގެ މުހާޖިރު ޒިޔާދުއެވެ. އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ސަމްހާ މުޙައްމަދެވެ.
ހާރޑްބޯލް 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ މަރަދޫފޭދޫ ސްކޫލްގެ އައިޝަތު ޝައިމްއެވެ.