ކުޅިވަރު

އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް މިއަދު ނިމޭނެ


800 މީޓަރު ދުވުމުގެ 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ފާޠިމަތު ޝިބާހަތުއެވެ. ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ އެމަރުކަޒުގެ އިބްރާހީމް އިފާޒްއެވެ. މިއިވެންޓްގެ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ސަމްހާ މުޙައްމަދެވެ.މިއުމުރުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ އައްޑޫ ހައި ސްކޫލްގެ މުހާޖިރު ޒިޔާދުއެވެ.

ޖެވެލިންގ ތްރޯ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިމިނަތު ރާއިފާ އަލީއެވެ.
4*100 މީޓަރު ރިލޭގެ 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ހާފިޒު އަހުމަދު ސްކޫލެވެ. އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒެވެ. މިއިވެންޓްގެ 17 އަހަރުން ދަށުގެ ފިިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ.
މިއިވެންޓްގެ 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލެވެ. ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ.

ލޯންގް ޖަމްޕްގެ 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިމިނަތު ނަހޫއެވެ.
ޑިސްކަސް ތްރޯ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އައިމިނަތު ޖިވާއެވެ.

21 ވަނަ މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް މިއަދު ފުވައްމުލަކުގައި ނިމޭނެއެވެ.