ޤައުމީ ފުޓްބޯޅަ ޓީމަށް ބިދޭސީ އެސިސްޓެންޓް ކޯޗަކާއި ފިޓްނަސް ޓްރޭނަރެއް އެފްއޭއެމުން ހަމަޖައްސައިފިއެވެ.
މިއީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ބިދޭސީއަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
ޤައުމީ ފުޓްބޯޅަ އިދާރާއިން މިގޮތަށް ހަމަޖެއްސީ ކޯޗު ކްރޮއޭޝިޔާގެ ޕީޓަ ސެގްޓްގެ އެދުމުގެ މަތީންނެވެ. އިތުބާރު ހުރިގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި އެސިސްޓެންޓް ކޯޗަކަށާއި ފިޓްނަސް ޓްރޭނަރުގެ މަގާމަށް ގެންނަނީ ޔޫރަޕުގެ ފުޓްބޯޅައިގެ މަތީފަންތީވެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރު ދެ މީހުންނެވެ.
އަފްޣާނިސްތާނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗުގެ އެސިސްޓެންޓަކަށް މިހާތަނަށް މަސައްކަތް ކުރަމުން އައީ ކުލަބު އީގަލްސްގެ ކުރީގެ އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރެވެ. ބިދޭސީ އެސިސްޓެންޓް ކޯޗެއް ގެންނަން ނިންމިއަސް މިހާރު އެމަޤާމް ފުރަމުންދާ އަހުމަދު ޝާކިރު މަޤާމުން ވައްކެއް ނުކުރެއެވެ.
ސެގަޓް މިހާރު ތައްޔާރުވަމުން ދަނީ އަންނަ ސެޕްޓެމްބަރު މަހު ބަނގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރު ކުރުމަށެވެ.
މުބާރާތުގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާ އާއި ސްރީލަންކާއާއ އެއް ގްރޫޕެއްގައެވެ.