ކުޅިވަރު

ނިއުމޯނިއާ ޖެހިގެން ރޮނާލްޑޯ އައިސީޔޫގައި


ނިއުމޯނިއާ ޖެހިގެން ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ އަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

އިބިޒާގައި ހުއްޓައި އޭނާ ބަލިވެގެން އެޑްމިޓްކުރިކަން ރޮނާލްޑޯ ވަނީ ޓުވީޓްކޮށްފައެވެ. އަދި މިއަދު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އުމުރުން 41 އަހަރުގެ ކުރީގެ ފޯވަޑްގެ ޓުވީޓުގައި ބުނެފައިވެއެވެ. ނަމަވެސް ރޮނާލްޑޯ އޮތް ހޮސްޕިޓަލުގެ ސްޕޯރކްސް ޕާސަން ވަނީ ޒާތީ ސަބަބުތަކާހުރެ ރޮނާލްޑޯގެ ހާލަތާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ބުނެވެން ނެތް ކަމަށް ބުނެފައެވެ.

ބްރެޒިލަށް ދެ ފަހަރު ވަރލްޑް ކަޕް ކާމިޔާބުކޮށްދީފައިވާ ރޮނާލްޑޯ އަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު އެއް ފޯވަޑެވެ. އޭނާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ތިން ފަހަރު ހޯދައިފަ އެވެ. ސްޕޭނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އިޓަލީގެ އިންޓަމިލާނާއި އޭސީ މިލާނަށް ވެސް ކުޅުނު ރޮނާލްޑޯ ވަނީ ވަރލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލައިފައެވެ.