ކުޅިވަރު

ރޮނާލްޑޯ ހޮސްޕިޓަލުން ދޫކޮށްލައިފި


ނިއުމޯނިއާ ޖެހިގެން އައިސީޔޫގައި ފަރުވާދެމުންދިޔަ ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
މިކަން ޔަޤީންކޮށްދެމުން ރޮނާލްޑޯ ވަނީ އޭނާއަށް ފަރުވާދިން ޑޮކްޓަރާއި، ނަރުހުންގެ އިތުރުން އޭނާގެ ސަޕޯޓަރުންނާއި ލޯބިވެރިޔާ ސެލީނާއަށް ޝޯޝަލް މީޑިޔާ މެދުވެރިކޮށް ޝުކުރު އަދާކޮށްފަ އެވެ.

އިބިޒާގައި ހުއްޓައި އޭނާ ބަލިވެގެން އެޑްމިޓްކުރިކަން ރޮނާލްޑޯ މުޅިދުނިޔެއަށް އާންމުކުރީ ޓުވިޓާ މެދުވެރިކޮށެވެ. ނަމަވެސް ރޮނާލްޑޯ އޮތް ހޮސްޕިޓަލުގެ ސްޕޯކްސް ޕާސަން ވަނީ ޒާތީ ސަބަބުތަކާހުރެ ރޮނާލްޑޯގެ ހާލަތާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ބުނަން ދެކޮޅު ހަދައިފައެވެ.
ބްރެޒިލަށް ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައިވާ މިހާރު އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު އެއް ފޯވަޑެވެ. އޭނާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ތިން ފަހަރު ހޯދައިފައެވެ. ސްޕޭނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އިޓަލީގެ އިންޓަމިލާނާއި އޭސީ މިލާނަށްވެސް ކުޅުނު ރޮނާލްޑޯ ވަނީ ވަރލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލައިފައެވެ.