ސޯޝަލް މީޑިއާގައި އަންހެން ކުއްޖަކަށް ހަނގާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ފެންނަ ވީޑިއޯއިން ފެނިގެންދަނީ އަންހެންކުއްޖަކަށް، އިތުރު ތިން އަންހެންކުދިން ހަނގާކުރާ މަންޒަރެވެ. ވީޑިއޯއިން އަންހެން ކުއްޖާއަށް ހަނގާކުރާ ތިން ކުދިން އަނިޔާކުރާތަން ފެނެއެވެ. އަދި އެ ތިން އަންހެން ކުދިންވެގެން ހަނގާކުރާ އަންހެން ކުއްޖާއަށް އިންޒާރުދޭތަންވެސް ވީޑިއޯއިން ފެނެއެވެ. ނަމަވެސް މި ކުދިންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭ ސަބަބެއް ވީޑިއޯއަކުން ސާފެއްނުވެއެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ތަޙްގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެކަމާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ނުދެއްވައެވެ.
ސޯޝަލް މީޑިއާގައި އަންހެން ކުއްޖަކަށް ހަނގާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު މިފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުންނާއި ކަމާއި ގުޅުންހުރި މުޢައްސަސާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.