ޚަބަރު

ލައިވް ކަވަރޭޖް: ޕީޕީއެމުން ބާއްވާ "އެންމެން އެކަކަށް" ބޮޑު ޖަލްސާ އެތައް ހާސް ބަޔަކާއެކު ފަށައިފި


23:47 - ޕީޕީއެމުން ބޭއްވި ބޮޑު ޖަލްސާ ޙާއްސަ ދުއާކުރުމަށްފަހު، ޤައުމީ ސަލާމުން ނިންމާލައިފި.

23:32 - ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލައްވައިފި.

23:30 - އަޅުގަނޑު އުޅޭކަށް ގަނޑުވަރެއް ނާޅަން، މުސާރަ ބޮޑުކުރާކަށް ހުށައެއް ނާޅަން، އިނާޔަތް ހޯދާކަށް ނޫޅެން - ރައީސް ޔާމީން

23:28 - އަޅުގަނޑުގެ ނިޔަތުގެ ތެދުވެރިކަން ﷲ ދެނެވޮޑިގެންވާނެ- ރައީސް ޔާމީން

23:22 - ރާއްޖޭގައި މިނިވަންކަމާއެކު އެންމެނަށް އުޅެވެންޖެހޭނެ، އެކަން އަޅުގަނޑު ކޮށްދޭނަން- ރައީސް ޔާމީން

އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖެ އޮޔާދިޔަ ނުދޭނަން - ރައީސް ޔާމީން

ދެން އަންނަ ދައުރެއްގައި ފެން ކުންފުނީގެ މެޖޯރިޓީ ހިއްސާ މިސަރުކާރުން ހޯދާނަން - ރައީސް ޔާމީން

23:14 - އިދިކޮޅު ފަރާތްތަކުގެ ވެރިކަމުގައި ނުއަގުގައި ސަރުކާރު ކުންފުނިތަކުގެ ހިއްސާ ވަނީ ވިއްކާލާފައި - ރައީސް ޔާމީން

23:08 - މިއީ އަޅުގަނޑުމެންގެ ޙާލަތު ދެ ގުނަ ރަނގަޅަ ކޮށްދޭނެ މެނިފެސްޓޯއެއް - ރައީސް ޔާމީން

23:04 - ހަތަރު ލީޑަރެއްގެ ފަހަތުގައި ދިވެހި ރައްޔިތުން އަބަދު ދުވާކަށް ނުޖެހޭނެ- ރައީސް ޔާމީން

22:57 - ސަރުކާރުން ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގަނީ މުޒާހަރާކުރީމައެއް ނޫން- ރައީސް ޔާމީން

22:23- އެމްޑީޕީ ސަރުކާރުގައި އާދައިގެ ރަށަކުން ބޭސް ގުޅައެއް ނުލިބޭ.. މިހާރު ހުރިހާ ރަށެއްގައި ވަނީ ބޭސް ފިހާރަ ހުޅުވާފައި- ރައީސް ޔާމީން

22:52 - އެމްޑީޕީން ވައުދުވާ ތަރައްޤީ އެމީހުން ކުރިން ކުރި ވެރިކަމުގައި ނުގެނެސްދިނީ ކީއްވެގެންތޯ- ރައީސް ޔާމީން

22:49- އިދިކޮޅުން ނިކުންނަނީ އެއްވެސް ބާރެއް އޮތް ބޭފުޅެއް ނޫން- ރައީސް ޔާމީން

22:45 - މިއަދަކީ އެތައް ކަމަކުން އުފާ ލިބޭ ދުވަހެއް - ރައީސް ޔާމީން

22:43 - މުޅި ރާއްޖެއިން ފެންނަނީ އަސުރުމާގެ ކުލަ - ރައީސް ޔާމީން

22:40 - ރައީސުލްޖުމްހޫރިއްޔާގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވާހަކަފުޅު ފަށްޓަވައިފި.

22:29 - ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި.

22:37 - ރައީސް ޔާމީންގެ 2018 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯ އިފްތިތާޙުކޮށްފި.

22:34 - އެމްޑީޕީއަށް ވޯޓު ނުދޭން އާދޭސްކޮށްފައި ދަންނަވަން - ޑރ. ޝަހީމް

22:33 - އިސްލާމީ ވަހުދަތު ނަގާލަން މަސައްކަތްކުރި ބަޔަކާއެކު ދީނީ އިލްމުވެރިން މަސައްކަތްކޮށްގެން ނުވާނެ- ޑރ. ޝަހީމް

22:32- އެމްޑީޕީ ސަރުކާރުގައި ދީނީ އިލްމުވެރިންނަކީ ޓެރަރިސްޓުންނަށް ހެދި -ޑރ. ޝަހީމް

22:31 - ކުރީގެ ސަރުކާރުގައި މިސްކިތްތަކާއި ދީނީ ކަންކަމަށް ވަނީ އިހުމާލުވެފައި- ޑރ. ޝަހީމް

22:29 - ނޭއްގާނީ އަމަލުތައް ހިންގުމަށް މިސަރުކާރުން ފުރުސަތެއް ނުދޭނެ- ޑރ. ޝަހީމް

22:25 - ޖަލްސާގައި މިހާރު ވާހަކަފުޅުދައްކަވަނީ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ދިވެހިރައްޔިތުން ތިބީ ރައިސް ޔާމީންގެ ތަރައްޤީއާއެކު - ޕީޕީއެމް ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ

22:18 - އެމްޑީޕީގެ ޖަލްސާއަށް މީހުން ގެންނަނީ.. ޕީޕީއެމްގެ ޖަލްސާއަށް މީހުން އަންނަނީ.. - ޕީޕީއެމް ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ

22:17 - ޖަލްސާއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން - ޕީޕީއެމް ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ

22:16 - ޖަލްސާއަށް ފަންސާސް ހާސް މީހުން ވަނީ ހާޒިރުވެފައި- ޕީޕީއެމް ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ

22:15 - ޕީޕީއެމް ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވާހަކަފުޅު ފަށްޓަވައިފި.

22:13 - ކޯލިޝަން ސަރުކާރެއްގެ ވެރިކަން ރާއްޖޭގައެއް ނުހިންގޭނެ- މޫސާ މަނިކު

22:10 - ކޯލިޝަނަކާ ވެރިކަން ހަވާލުކުރުމުން، އެކަމުގެ ގެއްލުން ދިވެހިން ދެކިއްޖެ- މޫސާ މަނިކު

22:10- ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކުގެ ވާހަކަފުޅު ފަށްޓަވައިފި.

22:05 - އިދިކޮޅު ފަރާތްތަކަށް މިމަންޒަރު ހަޖަމެއް ނުވާނެ - މެމްބަރު އިބްރާހިމް ފަލާހު

22:03 - އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ ވާހަކަފުޅު ފަށްޓަވައިފި

22:01 - އިބްރާހިމް މުހައްމަދު ސާލިހުއަކީ ޖަލު ހުކުމް ތަންފީޒު އަދީބުއާ ޑީލް ހެދި މީހެއް - ހޯރަފުށީ ދާއިރާގެ މެމްބަރު

22:00 - އިދިކޮޅު ފަރާތްތަކަށް ބޮޑު މަންޒަރު މިހާރު ފެންނާނެ- ހޯރަފުށީ ދާއިރާގެ މެމްބަރު

21:59 - ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ވާހަކަފުޅު ފަށްޓަވައިފި

21:58 - އިދިކޮޅު ކެނޑިޑޭޓް ވައުދުވާއިރު، އެކަން އޮންނަނީ ރައީސް ޔާމީން ނިންމާފައި - މެމްބަރު ޝިޔާމް

21:57 - ދިވެހިރައްޔިތުންނަށް ފެންނަނީ އެންމެ ކެނޑިޑޭޓެއް.. އެއީ އެއް ނަމްބަރު ކެނޑިޑޭޓް - މެމްބަރު ޝިޔާމް

21:57 - ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ވާހަކަފުޅު

21:54 - އެމްޑީޕީއަށް ވޯޓު ދީފިނަމަ ރައްޔިތުން ފަހުން ދެރަ ވާންޖެހޭނެ- މިނިސްޓަރ ޝައިނީ

21:52 - އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރޭ ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކޮށްފިކަން- މިނިސްޓަރ ޝައިނީ

21:52 - ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީގެ ވާހަކަފުޅު ފަށްޓަވައިފި

21:51 - ރައީސް ޔާމީން ވަނީ ހިންނަވަރަށް ތަރައްޤީ ގެނެސްދެއްވާފައި - ހިންނަވަރު ކައުންސިލްގެ ރައީސް

21:46 - މެމްބަރުކަމަށް ހޮވުނު ފަހުން އިބްރާހިމް މުހައްމަދު ސާލިހު ހިންނަވަރުގެ ހާލަތު ބައްލަވާފައެއްނުވޭ.. ރަށަށް ގެނައި ތަރައްޤީއެއް ނެތް.،. ޒުވާނުންގެ މަރުކަޒަށް ދިނީ ގެއްލުން - ހިންނަވަރު ކައުންސިލުގެ ރައީސް

21:45 - ޖަލްސާގައި މިހާރު ވާހަކަފުޅުދައްކަވަނީ ހިންނަވަރު ކައުންސިލުގެ ރައީސް އަބްދުﷲ އިބްރާހިމް.

21:43 - އިބްރާހިމް މުހައްމަދު ސޯލިހުއަކީ ޒުވާނުންގެ ކުރިއެރުމަށް ނޫނެކޭ ބުނި މީހެއް- ޖަމީލް އުސްމާން

21:41 - އިބްރާހިމް މުހައްމަދު ސޯލިހުއަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް - ޖަމީލު އުސްމާނު

21:34 - އިދިކޮޅު ކެނޑިޑޭޓަކީ ޖިނާޢީ ހުކުމެއް އައިސްފައި ހުރި މީހެއް - އަލްހާން

21:32 - އިދިކޮޅު ފަރާްތްތަކުން ކޯލިޝަން ހަދައިގެން އުޅެނީ މަޖުބޫރުވެގެން- އަލްހާން ފަހްމީ

21:31 - މިއަދު މިފެންނަނީ ރައީސް ޔާމީނާއެކު ގުޅިފައިވާ މުސްތަގްބަލްގެ އުއްމީދު.. މިއީ ތަަރައްޤީ މެކުހަށް ޖަހަން ތިބި ރައްޔިތުން.

21:31 - އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހްމީގެ ވާހަކަފުޅު ފަށްޓަވައިފި.

21:29 - ޑީއާރުޕީގެ ލީޑަރޝިޕް ހޯދަން ބައެއް ބޭފުޅުން ދަނީ މަސައްކަތްކުރަމުން. އެކަމު އެކަމެއް ނުވާނެ

21:28 - ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދުގެ ވާހަކަފުޅު ފަށްޓަަވައިފި.

21:27 - އަޅުގަނޑުމެން އެންމެން މިތަނަށް ޖަމާވެ މިތިބީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް

21:26 - މިހާރު ވާހަކަފުޅުދައްކަވަނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު.

21:24 - ރައީސް ޔާމީންއަށް އޮތް ތާޢީދު މިޖަލްސާއިން ވަރަށް ބޮޑަށް ހާމަކޮށްދޭ- އާމިރު

21:23 - ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރ އަހުމަދު އާމިރުގެ ވާހަކަފުޅު ފަށްޓަވައިފި.

21:22 - ޖަލްސާގައި ވާހަކަފުޅުދައްކަވަނީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއުގެ ވާހަކަފުޅު ނިންމަވާލައްވައިފި.

21:18 - ރައީސް ޔާމީން ދެވަނަ ދައުރެއް ކާމިޔާބުކުރާނެ، ބޮޑު ތަފާތަކުން ކާމިޔާބުކުރާނެ- މިނިސްޓަރ ސަޢީދު

21:17 - އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދުގެ ވާހަކަފުޅު ފަށްޓަވައިފި

21:04 - ރައީސް ޔާމީނަކީ ރާއްޖޭގެ އިޤްތިޞާދާމެދު އުއްމީދީ ތަސައްވުރެއް ގެންގުޅުއްވާ ބޭފުޅެއް- ރިޔާޒް ރަޝީދު

21:12 ޖަލްސާގައި މިހާރު ވާހަކަފުޅުދައްކަވަނީ ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރ ރިޔާޒް ރަޝީދު.

21:11 - ޕީޕީއެމުން ބާއްވާ ބޮޑު ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަޑައިގަންނަވައިފިއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ބާއްވާ "އެންމެން އެކަކަށް" ޖަލްސާ އެތައް ހާސް ބަޔަކާއެކު ފަށައިފިއެވެ. މިޖަލްސާގައި އެތައް ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ.