އިސްރާއީލުން ފަލަސްތީނުގެ 21 މީހުން ހައްޔަރުކޮށްފިއެވެ. މި 21 މީހުން ހައްޔަރުކޮށްފައިވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް އަޑުއުފުލުމުން ކަމަށް ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާއިން ބުނެއެވެ.
އިސްރާއީލުގެ އަސްކަރީ ބާރުތަކުންވަނީ ހުޅަނގު އައްސޭރީގެ ހަތަރު ސަރަހައްދަކުން ފަލަސްތީނުގެ 21 މީހުން ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ.
އިސްރާއީލުން ފަލަސްތީނުގެ 21 މީހުން ހައްޔަރުކޮށްފައި މިވަނީ އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފައިވާ ޔަހޫދީ ގައުމިއްޔަތުގެ ގަނޫނާ ދެކޮޅުހެދުމުގެ ގޮތުން ހުޅަނގު އައްސޭރި އާއި ޣާއްޒާއާއި އިސްރާއީލުގެ އެތެރޭގައި ދިރިއުޅޭ ފަލަސްތީނު މީހުން ވަރުގަދަ ހަޅުތާލެއް ކުރުމުންދަނިކޮށެވެ.
އެ ހަޅުތާލުކުރީ އިސްރާއީލަކީ ހަމައެކަނި ޔަހޫދީންނަށް ޚާއްސަ ގައުމެއްކަމަށް ކަނޑައަޅައި ފާސްކުރި ނަސްލީ އިމްތިޔާޒްގެ ގާނޫނުގެ ސަބަބުން އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި ހިމެނޭ ފަލަސްތީނު މީހުންގެ ރަށްވެހިކަމުގެ ހައްގު ގެއްލިދާނެކަމުގެ ބިރުހީވުމާގުޅިގެންނެވެ.
މީގެއިތުރުން ފަލަސްތީނުގެ ރެފިއުޖީން އެނބުރި އެމީހުންގެ ވަޒަނަށް ރުޖޫއަވުމުގެ ފުރްސަތު ގެއްލުވާލުމަކީވެސް އިސްރާއީލުން އެގާނޫނު ފާސްކުރި މައިގަނޑު ސަބަބެއްކަމަށް ފަލަސްތީނުން ދެކެއެވެ.