ޚަބަރު

ބްރިޖް މަތީގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެ


ބްރިޖް މަތީގައި މިއަދު ސައިކަލަކާއި ބަހެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މި ޙާދިސާގައި އަނިޔާވެފައި ވަނީ ޢުމުރުން ހަތް އަހަރުގެ ފިރެހެން ކުއްޖަކަށެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން ބުނީ އެކުއްޖާ އެހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރު ފަހު ތިނެއް ޖެހި އިރުކަމަށެވެ. އަދި ބޮލުގައި ތަންކޮޅެއް ދުޅަވުން ފިޔަވާ އިތުރު އަނިޔާ އެއް ލިބިފައި ނުވާކަމަށް އެހޮސްޕިޓަލުން ބުންޏެވެ.
ކުއްޖާގެ ޙާލު ރަނގަޅު ނަމަވެސް އިތުރަށް ބެލުމަށް އޮބްޒަވޭޝަންގައި ބާއްވާފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ބްރިޖު މަތީގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާއިރު ބްރިޖު މަތިން ދުއްވާއިރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.