ޚަބަރު

ޙާފިޒް އަޙްމަދު ސްކޫލްގެ ސްޓާރއާއި ލިޓްލްމެއިޑާއި ގާރލްގައިޑުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި


ފުވައްމުލައް ސިޓީގެ ޙާފިޒް އަޙްމަދު ސްކޫލުގެ ސްޓަރއާއި ،ލިޓްލްމެއިޑާއި ގާރލްގައިޑުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިރަސއްމިއްޔާތުގައި އެންރޯލްވީ 25 ސްޓާރ ދަރިވަރުންނާއި، 28 ލިޓްލްމެއިޑުންނާއި، 29 ގާރލްގައިޑުންނެވެ. މިއީ އަލަށް މިއަހަރު މި ޙަރަކާތްތަކުގައި ބައިވެރި ވެފައިވާ ކުދިންނެވެ. މިސްކޫލްގެ މިޙަރަކާތްތައް ހިންގާގޮތުން ގާރލްގައިޑުގައި ސްޓަރ އަދި ލިޓްލްމެއިޑުން ހިމެނޭ ގޮތުން 300 އަށްވުރެ ގިނަ ދަރިވަރުން ހިމެނެއެވެ.

ޙާފިޒް އަޙްމަދު ސްކޫލްގައި ހިންގާ ކޭމްޕްތަކާއި، އައުޓިންތަކާ މިނޫންވެސް އިތުރު އެކްޓިވިޓީތަކައް ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭ ކަމަށް އެސްލޫން ބުނެއެވެ. ގާރލްގައިޑް ޙަރަކާތްތަކަކީ ވޮލަންޓަރީ ހަރަކާތްތަކުގެ ގޮތުގައި ސްކޫލް ތެރޭގައި ކުރިއަށް ގެންދާ އެކްސްޓްރާ ކަރިކިއުލަރ ޙަރަކާތްތަކެވެ.

މި ޙަރަކާތްތައް ސްކޫލުގައި ކުރިއަށްގެންދާއިރު ގާރލްގައިޑް ލީޑަރުންނާއި ސްކޫލްގެ ވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާކަމަށް މި ޙަރަކާތް ރާވާ ހިންގާ ފަރާތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވިއެވެ. ޙާފިޒް އަޙްމަދު ސްކޫލްގައި ގާރލްގައިޑްގެ ދަރިވަރުންގެ ތިންދުވަހުގެ ކޭމްޕެއްވެސް މިހާރު ކުރިޔަށް އެބަދެއެވެ.