ފުވައްމުލައް ސިޓީ ދަނޑިމަގު އަވަށު ޒުވާނުންތަކެއް އިސްނަގައިގެން އެއަވަށު ފުޓްބޯޅަ ކުޅޭ ދަނޑު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު މެންދުރު ފެށި މިޙަރަކާތުގައި އެއަވަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ. މި ދަނޑަކީ ފެށުނީއްސުރެ ދަނޑިމަގު އަވަށު ޒުވާނުންނާއި އެކު އުމުރުފުރާގެ މީހުން ފުޓުބޯޅަ ކުޅެން ބޭނުންކުރަމުން އަންނަ ދަނޑެވެ.
ސާފުކުރުމުގެ ޙަރަކާތުގައި އިސްކޮށް ޙަރަކާތްތެރިވި ޒުވާނުން ބުނީ ދަނޑު ސާފުކުރަން ޖެހުނީ ދަނޑުގެ ވިނަގަނޑު ބޯވެފަ އޮތުމުންކަމަށެވެ. ސާފުކުރުމުގެ ޙަރަކާތުގައި ދަނޑުގެ ވިނަކޮށާ ،ދަނޑު އެއްވަރުކޮށް އެތާނގައި ހުރި ކުނި ނަގާފައިވާކަމަށް ޒުވާނުން ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި ދަނޑު ސާފުކުރުމުގެ ޙަރަކާތްތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށްގެންދާނެކަމަށް ޒުވާނުން ބުންޏެވެ.
ދަނޑިމަގު އަވަށަކީ ފެށުނީއްސުރެ ކުޅިވަރަށް ލޯބިކުރާ ރައްޔިތުން ދިރިއުޅޭ އަވަށެއްކަން ފާހަނގަކުރެވެއެވެ.