ސިއްހަތު

ހަމައެކަނި އަގުބޮޑުކުރުމަކުން ދުންފަތް ކޮންޓްރޯލް ނުކުރެވޭނެ-


ދުންފަތާއި ދުންފަތުގެ ބާވަތްތަކުގެ އެކަނި އަގުބޮޑުކޮށްގެން ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ރަނގަޅު އަސަރު ފެނިގެންނުދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖޭންސީން ހާމަކޮށްފިއެވެ. ނަމަވެސް، އެޖެންސީން ބުނީ މި ބަދަލާއިއެކު، ދުންފަތުގެ އާއްމު ޤަވާޢިދު ތަންފީޒުކޮށް، ދެންހުރި ފިޔަވަޅުތައް އެޅުމުން ހެޔޮ ބަދަލުތަކެއް އަތުވެދާނެ ކަމަށް ދެކޭކަމަށެވެ.ދިވެހިރާއްޖޭއަކީ ޒަމާނުއްސުރެވެސް ދުންފަތުގެ ބާވަތްތަކުން ވަރަށް ކުޑަކޮށް ޓެކްސް ނަގަމުން އައި ޤައުމެކެވެ. 2012 އާއިޖެހެންދެން، މި ސަރަހައްދުގައި އަދި ދުނިޔޭގެ ނިސްބަތުންވެސް، ދުންފަތުގެ ބާވަތްތަކުން އެންމެކުޑަކޮށް ޓެކްސް ނަގާ ޤައުމަކީ ދިވެހިރާއްޖެއެވެ. އެހެންކަމުން  ދުންފަތުގެ އޮރިޖިނަލް ބާވަތްތައް އެންމެ އަގުހެޔޮކޮށް ވިއްކާ އެއް ޤައުމަކީވެސް ދިވެހިރާއްޖެ ކަމުގައި ވަނީ ވެފައެވެ.2012 ގައި ދުންފަތުގެ ބާވަތްތަކުން ކުރިން ނަގަމުންދިޔަ ޓެކްސްގެ މިންވަރު %200 އަށް އިތުރު ކުރުމުގެ ނަތީޖާއެއްގެ ގޮތުން މިސަރަހައްދުގެ އެހެން ޤައުމުތަކާ އެއްވަރަކަށް ދުންފަތުގެ ބާވަތްތަކުގެ އަގު ރާއްޖޭގައި އުފުލިގެން ދިޔައެވެ.ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ހަސަން މުޙައްމަދު ވިދާޅުވީ ، ޓެކްސްތަކާއެކުވެސް ސިނގިރޭޓް ވިއްކާ އަގަށް ބޮޑު ބަދަލެއް އަތުވެދާނެތޯ އެއީ އަދި ނޭގޭކަމެއްކަމަށެވެ. އެހެން ނަމަވެސް ދުންފަތް ކޮންޓްރޯލް ކުރުމަށް އެކުލަވާލެވިފައިވާ އާއްމު ޤަވާޢިދުގެ ދަށުން ދުންފަތް ވިއްކުމާއި ، ކުޑަކުދިންނަށް ދުންފަތް ވިއްކުމުގެ ކަންކަން ކޮންޓްރޯލް ކުރެވިގެންދާނެކަމަށް ހަސަން ވިދާޅުވިއެވެ.ރާއްޖޭގައި ހެދިފައި ހުރި ސާރވޭތަކުން ދައްކާގޮތުން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދަކީ އާބާދީގެ %40 އިންސައްތައެވެ. މިއަދަދު މިހެން ހުރި އިރު ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރާމީހުން ދުންފަތް ބޭނުން ކުރާ އަދަދުވެސް އިތުރުވަމުން އަންނަ ކަން ހަސަން  ފާހަގަކުރެއްވިއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ހަތަރު ފޮށި ސިގިރޭޓް ބޯ މީހުންނާއި ކެފޭ ރެސްރޯރަންޓްތަކުގައި ވާހަކައިގެ ތިބެ ގިނަ އަދެއްގެ ސިގިރޭޓް އެއްފަހަރާ ބޮއެހަދާކަން ފާހަގަކުރެއްވިއެވެ.ރާއްޖެއަށް އެތެރެކުރާ ބައެއް ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށް ފާސްކޮށްފައިވާ ގޮތުން، ކޮންމެ ސިނގިރެޓަކުން މިހާތަނަށް ނަގަމުން ދިޔަ 90 ލާރީގެ ޑިއުޓީގެ ބަދަލުގައި ދެން ނަގާނީ 1.25ރ. ގެ ޑިއުޓީ އެކެވެ. އަދި ދުންފަތް އެކުލެވޭ ބާވަތްތަކުންވެސް ޑިއުޓީ ބޮޑުކުރާނެއެވެ. މީގެ އިތުރުން، ދުފާއިރު ބޭނުން ކުރާ ބާވަތްތަކުން 25 ޕަސެންޓް ޑިއުޓީ އެއް ނަގާނެއެވެ.ގާނޫނަށް ގެނެސްފައިވާ މިއިސްލާޙަށް އަމަލުކުރަން ފަށާނީ މިއަހަރުގެ އޭޕްރީލްމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.