ޚަބަރު

ގެދޮރު ބިނާކުރުމަށް ދޫކުރާ ލޯނު ދޭ ފަރާތްތައް ކަނޑައަޅަނީ


އިސްލާމިކް ފެސިލިޓީގެ ދަށުން ގެދޮރު ބިނާކުރުމަށް ލޯނު ދޭ ފަރާތްތައް ކަނޑައެޅުމުގެ ގޮތުން، ރަށްރަށުގެ ކައުންސިލްތަކަށް ލިސްޓު ފޮނުވާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.އަތޮޅުތެރޭގައި ގޯތި ލިބި ފައިސާ ނެތުމުގެ ސަބަބުން ގެދޮރު ބިނާނުކުރެވި ހުރި ފަރާތްތަކަށް ޚާއްސަކޮށްގެން ތައާރަފްކޮށްފައިވާ އިސްލާމިކް ފެސިލިޓީއަށް މިދިޔަ އަހަރު ހުޅުވާލުމުން ފަސްހާހަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ.އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ލޯނު ދޭނެ ފަރާތްތަށް ކަނޑައެޅުމުގެ ގޮތުން ރަށްރަށުގެ ކައުންސިލްތަކަށް މިނިސްޓްރީން ކަނޑައަޅާފައިވާ ލިސްޓު ޗެކްކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި ރަށްރަށަށް ފޮނުވާ ލިސްޓު އަނބުރާ ލިބުމުން ލޯނު ދޫކުރުމުގެ ގޮތުން ހައުސިންގ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއެކު އެގްރިމެންޓު ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިސްކީމްގެ ދަށުން މިފަހަރު ލޯނު ދޫކުރުމަށް ނިންމާފައިވަނީ ކިތައް ފަރާތަށް ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ގެދޮރު ބިނާކުރުމަށް މީހަކަށް ދޫކުރުމަށް ނިންމާފައިވަނީ ހަތަރު ލައްކަ ރުފިޔާއެވެ.