ކުޅިވަރު

2018ވަނަ އަހަރަކީ ކްރިކެޓްގެ ކާމިޔާބު އަހަރެއް - އަފްލާހު


ކްރިކެޓަށް ނިމިގެންދިޔަ އަހަރަކީ ވަރަށް ކާމިޔާބު އަހަރެއްކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާޙު ވިދާޅުވެއްޖެއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހު ވިދާޅުވީ ނިމިގެންދިޔަ އަހަރު ކުރުމަށް އަމާޒް ހިފާފައިވާ ވަރަށް ގިނަ ކަންތައްތައް ހާސިލްވި އަހަރެއްކަމަށާއި ކުޅުންތެރިން އުފެއްދުމުގެ އިތުރުން ބައިނަލަގްވާމީ ފެންވަރުގައި އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް އަދި އޭޝިއަން ކްރިކެޓް ކައުންސިލްގައިވެސް ރާއްޖޭގެ ކްރިކެޓް އިދާރީ ހިންގުން ވަރަށް ބޮޑަށް މިއަހަރު ހަރުދަނާވެފައިވާކަމަށް އަފްލާޙު ވިދާޅުވިއެވެ.

ކުޅުންތެރިން ކުރިއަރަމުންދާވަރަކަށް އިދާރީ ގޮތުންވެސް ކުރިއަރަންޖެހޭއިރު، މިހާރު ބައިނަލަގްވާމީ ފެންވަރުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަށް ވަރަށް ބޮޑަށް ބަލައިގަންނަކަމަށާއި މިއީ ރާއްޖެފަދަ ކުޑަ ގައުމްއަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

އިންޓަރނޭޝަލް ކްރިކެޓް ކައުންސިލްގައި އޭޝިޔާ ތަމްސީލް ކުރާ ގޮޑިއާއި އޭޝިއަން ކްރިކެޓް ކައުންސިލްގެ އެގްޒެކެޓިވް ބޯޑްގެ މެންބަރުކަންވެސް ފުރުވައްމުންގެންދާ އަފްލާހު ވިދާޅުވީ ނިމިދިޔަ އަހަރު ރާވާ ހިންގާފައިވާ ޕްރޮގްރާމްގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ވައިޑީޕީ ޕްރޮގްރާމްތައްކަމަށެވެ. 12 އަހަރުން ދަށާއި 16 އަހަރުންތަކުގެ ވައިޑީޕީ ޕްރޮގްރާމްގެ އިތުރުން އެހެން އަހަރުތަކުގައި ނުބާއްވާ ވަރަށް މިއަހަރު 3 ކްރިކެޓް ކާނިވާ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދެވިފައިވާކަމަށް އަފްލާހު ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން 16 އަހަރުތަށް، 14 އަހަރުން ދަށުގެ މުބާރާތްތަކަކީ ވަރަށް ބޮޑު އިސްކަމެއް ދިގެން ކުރިއަށްގެންދިޔަ މުބާރާތްކެއް. އެއީ ޑިވޮލްމަންޓް ޕްރޮގްރާމްއާއި ގްރާސް ރޫޓްގެ މުބާރާތްތަށް އަޅުގަނޑުމެން ރޭވި ކަންތަށްތަށްވަނީ ވަރަށް ބޮޑަށް ކާމިޔާބުވެފަ. އަޅުގަނޑުމެން އުއްމީދު ކުރިވަރަށް ވުރެއްވެސް ފުރިހަމަކޮށް 2018 ވަނަ އަހަރުގެ މިމުބާރާތްތަށް ކުރިއަށްދިޔައީ. އޭގެ އިތުރުންވެސް އަތޮޅު ތެރޭގެ މުބާރާތްތަށްވެސް ކުރިއަށްދިޔައީ ވަރަށް ކާމިޔާބުކޮށް." އަފްލާހު ބުންޏެވެ.

އަތޮޅު ތެރެއިން އެންމެ ބޮޑު ކުރިއެރުމެއްއައިސްފައިވަނީ ލ.އަތޮޅު ކުނަހަންދޫ އާއި ފުވައްމުލަކަށް ކަމަށެވެ. އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމްއަށް ފުވައްމުލަކުން 4 ކުދިން އަރާފައިވާކަމަށާއި އޭގެތެރެއިން 2 ކުދިންވަނީ ގައުމީ ސީނިއަރ ސްކޮޑްއިންވެސް ޖާގަ ހޯދާފައެވެ.