އަންނަ ސީޒަން ފެށުމުގެ ކުރިން ބާސެލޯނާއިން ވާތު ބެކެއް ހޯދަން ޖެހޭ ކަމަށް ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.
އޭނާ މިހެން ބުނީ މިވަގުތު ވާތު ބެކަށް ކުޅެން ހުރީ ތަޖުރިބާކާރު ކުޅުންތެރިޔާ ޖޯޑީ އަލްބާ އެކަނި ކަމަށްވުމުން މިހާރު ކުރިއަށްދާ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ވާތުބެކެއް ހޯދާނަންތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ.
ވަލްވާޑޭ ބުނީ އޭނާ މަސައްކަތް ކުރަނީ މިވަގުތު ތިބި ކުޅުންތެރިންނާއެކު ކުރިއަށްދާން ކަމަށެވެ. އަދި ވާތު ބެކަށް ކުޅޭ އަލްބާ އަށް އަނިޔާއެއްވެއްޖެނަމަ އެ މަގާމަށް ސެންޓަބެކް ތޯމަސް ވަމާލަން ލައްވައި ކުޅުވަން ވިސްނާ ކަމަށެވެ. މިއީ މީގެ ކުރިން ދުވަހަކު ވެސް ވަމާލަން ކުޅެފައިވާ މަގާމެއްނޫނެވެ. ނަމަވެސް ވަލްވާޑޭ ބުނީ އޭނާގެ ޑިފެންސްލައިނުގައި ކުޅެންތިބީ ވަރަށް މޮބައިލް ކުޅުންތެރިންތަކެއް ކަމަށެވެ.